ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ސުޕަވައިޒަރ)

އިޢުލާން

މަޤާމް:

މަސައްކަތު (ސުޕަވައިޒަރ)

ވަޒީފާގެ މުއްދަތު:

1 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ

މުސާރަ އާއި އެލަވަންސް

2688.50 ރުފިޔާ (މަހަކު) އަދި ރަމަޟާންމަހުގެ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ

ބޭނުންވާ ޢަދަދު:

01

މަސައްކަތު ވަގުތު:

ދުވާލަކު 2 ގަޑިއިރު

މަޤާމުގެ ޝަރުޠުތައް:

  1. ދިވެއްސަކު ކަމުގައިވުން
  2. ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  3. މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭ ފަދަ ޤާބިލް ކަން ހުރި މީހަކު ކަމުގައިވުން.
  4.  ސަރުކާރު ވަޒީފާއެއް އަދާ ކުރާ މީހެއްކަމުގައިނުވުން.
    1. ސައިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު

  1. ކައުންސިލުން ކަނޑައަޅާ ޢިޖްތިމާޢީ ސަރަޙައްދުތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުނި ކަހާ ސާފުކުރުމުގެ އިންތިޒާމް ހަމަޖެއްސުން
  2. ޢިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތު ތާވަލު ހަދައި،ހާޒިރީ ބެލެހެއްޓުމުގެ އިތުރުން މުވައްޒަފުންގެ މަސައްކަތް މޮނިޓާކޮށް ބެލެހެއްޓުން  
  3. އިޖުތިމާއީ ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ޑަސްބިންތައް ހުސްކުރުވުން.
  4. ކައުންސިލް އިދާރާއިން ބޭނުންވެގެން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ތަކުގައި އެހީތެރިވެދިނުން.
  5. ޚާއްސަ މުނާސަބަތު ތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-      ލިބިފައިވާ މަސައްކަތު ތަޖުރިބާ

2-      މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނަ ތަނާއި، ތާރީޚް އަދި ދުވަހާއި ގަޑި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް މިއިދާރާއިން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2023 މޭ 03 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެކޮޕީއާއި، އައިޑީ ކާރޑްގެ ކޮޕީއާއިއެކު މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު އިޢުލާން ނަންބަރާއި ކުރިމަތިލައްވާ މަޤާމް އަދި ގުޅޭނެ ފޯން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820017 އަށެވެ.

28 ރަމަޟާން 1444

19 އެޕްރިލް 2023

19 އޭޕްރިލް 2023
ހޯދާ