ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

ތިރީގައި މިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް:

އެލް.އެސް 2

އަސާސީ މުސާރަ:

9412.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފެމިލީކޯޓު / ޝަރީޢަތްކުރުމާބެހޭ ބައި

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް 3000.00 ރުފިޔާ

- ޖުޑީޝަލް އެލަވަންސް މުސާރައިގެ %55

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުންް.

މަޤާމުގެ މަސްއޫލިއްޔަތު:

-  ކޭސް މެނޭޖްމެންޓް ސްޕަވައިޒުކުރުން.

- ހާޒިރުކުރެވޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާތޯ ބަލައި، އެކަން ކަށަވަރުކުރުން.

- ބަޔާންތައް މަޙުޟަރުކުރެވިފައިވޭތޯ ބަލައި ކަށަވަރުކުރުން.

- މައްސަލައަކާ ގުޅިގެން އަންނަ ލިޔުންތައް މައްސަލައިގެ ފައިލުގެ ތެރެއަށް ލެވިފައިވޭތޯ ބަލައި ކަށަވަރުކުރުން.

- މައްސަލައަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅިފައިވޭތޯ ބަލައި ކަށަވަރުކުރުން.

- ސެކްޝަނުގައި ކުރަން ހުންނަ އެހެނިހެން އިދާރީ ކަންތައްތައް ކުރެވިފައި ހުރިތޯ ބަލައި ކަށަވަރުކުރުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުން.

- ފަންނީ އެހީތެރިކަން ޤާޟީންނަށް ފޯރުކޮށްދިނުން.

- ކޯޓުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޯޓަށް އެހީތެރިވުން.

- ސެކްޝަނުގައި ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ފެންވަރު ބެލުން.

- މީގެ އިތުރުން، ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް، އެހެންނަމަވެސް ޙާލަތު ނިޔާކުރާގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރާ އިތުރު މަސައްކަތްތައް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

- އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- ލިީޑަރޝިޕް، ޓީމް ވޯކް، މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- ދިވެހިބަހުންނާއި އިނގިރޭސީބަހުން މުޢާމަލާތްކުރުމުގެ ހުނަރު.

- އެޓިޓިއުޑާއި، އިންޓަރޕާސަނަލް ސްކިލްސް.

- ޝަރުޢީ ރިޕޯޓް ލިޔުމުގެ ހުނަރު.

- އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން، އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

29 ޖެނުއަރީ 2015 ގެ 14:30 ގެ ކުރިން

 

އިތުރު މަޢުލޫމާތު:

 

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ، ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަވިއު ޕެނަލުގައި، މި މަޤާމުގެ ވާޖިބުތައް އާދަކޮށްދެވޭނެކަން ސާބިތުކޮށްދިނުމުންނެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން މި މަޤާމުގެ ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލްކުރެވޭނެއެވެ.

- ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

21 ރަބީޢުލްއައްޥަލް 1436

 

12 ޖަނަވަރީ 2015
ހޯދާ