މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޓްރެއިނަރ

މީހުން ބޭނުންވެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ސްމޯލް ބިޒްނަސް (އޮންލައިން) ކޯހުގައި ކިޔަވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބޭނުންވާ މަޤާމް: ޓްރެއިނަރ

ބޭނުންވާ އަދަދު: 2 (ދޭއް)            

މަސައްކަތުގެ މުއްދަތު: 8 މަސްދުވަސް

އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއެއްގެއިރަށް -/200 ރުފިޔާ

ގިންތި: ވަގުތީ

ފެންވަރު/ޝަރުޠު:

1. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ؛

3. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މައިގަނޑު މަސައްކަތްތައް:

ސުމޯލް ބިޒްނަސް އޮންލައިންގެ ދާއިރާއިން މީހުން ތަމްރީނުކުރާ ކޯހުގެ ކިޔަވައިދިނުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.

މަސައްކަތައް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.                        

އިންޓަވިއުކުރުން:

ހ. ޓްރެއިނަރުން ހޮވުމަށް ކުރާ އިންޓަވިއު އޮންނާނީ، 2015 ޖަނަވަރީ 22 އާއި 26 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތުދެވޭނީ މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވެލިޑޭޓްކޮށް އެޓެސްޓްކޮށްފައިވާ)

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ބ- ކުރިން ވަޒިފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ 1 ވަނަ ފަންގިފިލާގެ ކައުންޓަރަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖަނަވަރީ 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި މަސައްކަތް ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން  މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401 / 3305405  ފޯނަށް ގުޅުން އެދެމެވެ.

22 ރަބީޢުލްއައްޥަލް 1436

13 ޖަނަވަރީ 2015
ހޯދާ