މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެލްތް ސެންޓަރ އިމާރާތުގައި ވަގުތީ ލޯންޑްރީއެއް އިމާރާތްކުރުން އަދި ކުނިކޮށި މަރާތްމާތުކުރުން

މި އިދާރާގެ ނަންބަރު (I)288/2023/047(02 އޭޕްރިލް 2023)އިއުލާންއަށް އެއްވެސް ފަރާތެށް ޝައުގުވެރިކަން ފާޅުކުރައްވާފައިނުވާތީ އިއުލާން ބާތިލް ކޮށް އަލުން އިއުލާންކުރަމެވެ.

ނ. ކުޑަފަރީ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދާ ބަނދަރު މައިދާން ޕްރޮޖެކްޓްގެ ދަށުން ތަރައްގީ ކުރުމަށްހަމަޖެހިފައިވާ މަގު ގެ މަސައްކަތް ކުރުމަށްޓަކައި ހެލްތް ސެންޓަރގައި މިހާރު ހުރި ލޯންޑްރީ އިމާރާތުގެ ބަދަލުގައި އިޢުލާނުގައި އެއްކަރުދާސް ކޮށްފައިވާ ކުރެހުމާއި އެއްގޮތްވާގޮތުގެ މަތިން ވަގުތީ ލޯންޑްރީ އިމާރާތެއް އެޅުމުގެ މަސައްކަތާއި އެކު، ކުނިކޮށީގައި 15 ފޫޓު 45 ފޫޓު ހިޔާކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މަސައްކަތް ކުރުމުގައި ބޭނުންކުރާ އާލަތް ފިޔަވައި މަސައްކަތް ކުރުމަށް ބޭނުންވާ މައިގަނޑު ތަކެތި ކައުންސިލުން ފޯރުކޮށްދޭނެއެވެ.

ވީމާ، މި މަސައްކަތްތަށް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތަތްކުން 2023 އޭޕްރިލް 26 ވާ ބުދަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ފޯމުން އަގުހުށައެޅުއްވުމަށް ދަންނަވަމެވެ.  

19 އޭޕްރިލް 2023
ހޯދާ