މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތުމީހެއްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާނުކުރަމެވެ.

މަޤާމް: މަސައްކަތު  

ބޭނުންވާ އަދަދު: 1              

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިނިސްޓްރޭޝަން ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މޯލްޑިވްސް ޕޮލިޓެކްނިކްގެ،

  1. އޮފީސްތެރެ ކޮންމެ ދުވަހަކު ކުނިކަހައި، ފޮޅައި، ސާފުކޮށް، މޮޕްލުން.
  2. ފާޚާނާތައް ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން.
  3. ކްލާސްރޫމްތައް ކޮންމެ ދުވަހަކު ކުނިކަހައި، ފޮޅައި، ސާފުކޮށް، މޮޕްލައި، ޑެސްކްތަކާއި ގޮނޑިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
  4. މޭޒުާއި ގޮނޑި ފަދަ ތަކެތި އެއްފަންގިފިލާއިން އަނެއް ފަންގިފިލާއަށް އަރުވައި ބޭލުމާއި، ސްކޫލްގައި ހިންގޭ އެކިއެކި ހަރަކާތްތަކާ ގުޅިގެން އުފުލަންޖެހޭ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، ތަރުތީބުކޮށް ބެހެއްޓުން.
  5. އޮފީހުގެ ބިއްލޫރިތަކާއި، ކްލާސްރޫމްތަކުގެ ފަންކާތަކާއި ފެންލައިޓާއި ހޮޅިބުރިތައް ފޮހެ، ސާފުކޮށް ބެލެހެއްޓުން.

ޝަރުތު:                    

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރުވެރިކަމާއި ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހ. މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ށ. މަޤާމުގައި ކުރަންޖެހޭ މަސައްކަތައް ކުރެވޭވަރު ޞިއްޙަހަތެއް ލިބިފައިވުން.

ނ. ގިނަވަގުތުގައި މަސައްކަތްކުރެވޭ މީހަކަށްވުމާއެކު،  މެންދުރުފަހު މަސައްކަތް ކުރެވޭ މީހެއްކަމުގައިވުން.

ރ. ބަރުތަކެތި އެއްފަންގިފިލާއިން އަނެއް ފަނަގިފިލާއަށް އަރުވައި ބޭލޭފަދަ މީހަކަށްވުން.

އިންޓަވިއުކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2015 ޖަނަވަރީ 26 އާއި 29 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތުދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ނ. މި މަޤާމުގެ އިންޓަވިއުއަށް ހާޒިވާއިރު، ހުށަހެޅިފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި، ސެޓްފިކެޓްތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލުކޮޕީ ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް  ޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުން މަސައްކަތް ތަޖުރިބާ ހާމަކޮށްދިނުމަށް ދެއްވާފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދި ހިނގުން (1 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖަނަވަރީ 25 ވަނަ ދުވަހުގެ 15:00 ގެ ކުރިން.

ނޯޓް: 

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން،  މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 ފޯނަށް ގުޅުން އެދެމެވެ.

 22 ރަބީޢުލްއައްޥަލް 1436

13 ޖަނަވަރީ 2015
ހޯދާ