މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް ބޭނުންވާ 2 ކޮމްޕިއުޓަރ ސިސްޓަމް، 2 ސްކޭނަރ އަދި 2 ޑިޖިޓަލް ކެމެރާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

         މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއިދާރާއަށް ބޭނުންވާ 2 ކޮމްޕިއުޓަރ ސިސްޓަމް، 2 ސްކޭނަރ އަދި 2 ޑިޖިޓަލް ކެމެރާ ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

        ވީމާ، މި އިޢުލާނާއި އެކު ޢާއްމު ކުރެވިފައިވާ މަޢުލޫމަތު ޝީޓްގައިވާ ތަކެތި  ވިއްކުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2023 މެއި 04 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ އީ-މެއިލް [email protected] އަށް ކޯޓޭޝަން އީމެއިލް ކޮށްދެއްވުން އެދެމެވެ.

        އިޢުލާނާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 މެއި 03 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

        އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް

މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ހަވީރީހިނގުން ، މ.މުލި، ދިވެހިރާއްޖެ

ފޯން: 6724717 އަދި 6724704

އީ-މެއިލް: [email protected]

 

1 - މަސައްކަތް ޙަވާލުކުރުމަށް ފަރާތެއް ހޯދުމަށް ޕޮއިންޓް ދެވޭނެ ގޮތް:

އަގަށް 50 ޕޮއިންޓް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

ވޮރެންޓީއަށް 20 ޕޮއިންޓް (އެންމެ ދިގުމުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

މުއްދަތަށް 20 ޕޮއިންޓް (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

މަސައްކަތު ތަޖުރިބާއަށް 10 ޕޮއިންޓް (2000 ވަނަ އަހަރުން ފެށިގެން މިފަދަ މަސައްކަތް ނިންމާފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ދީފައިވާ އެންމެގިނަ ލިޔުން ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް.)

 

2- ކޯޓޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  1. ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ
  2. ޖީ.އެސްޓީ / މީރާ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ
  3. ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  4. އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ އިންވެސްޓްމަންޓްގެ ކޮޕީ އާއި ވެރިފަރާތުގެ އައިޑީކާޑްގެ ކޮޕީ
  5. ކޯޓޭޝަން ހުށަހަޅުއްވާއިރު ކޯޓޭޝަންގައި މަސައްކަތުގެ މުއްދަތު ޖަހަންވާނެއެވެ.
  6. ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ.
  7. ކޯޓޭޝަން (ހުށަހަޅާ ކޯޓޭޝަންގައި އަގާއި އެކު މަޢުލޫމާތު ޝީޓްގައި ބަޔާންކުރެވިފައިވާ ތަކެތި ވަކިވަކިން ބްރޭންޑާއި މޮޑެލްނަމްބަރާއި އަގު ހިމެނިފައި ހުންނަންޖެހޭނެ އެވެ.)
  1. ތަޖުރިބާގެ ލިޔުންތައް ހުރިނަމަ ލިޔުންތަކުގެ ކޮޕީ

 

3-   ކޯޓޭޝަން ބާތިލުކުރުން

  • ހުށަހަޅާ އަންދާސީ ހިސާބުގައި މަތީގައިވާ މަޢުލޫމާތުގެ ތެރެއިން ނަންބަރު 1 ން 7 އަށް ހުށައަޅަން ބުނެފައިވާ ލިޔުމެއް ހުށަނާޅާނަމަ އެ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެއެވެ.
  • އަދި ނަންބަރު 8 ގައި ހުށަހަޅަންބުނާ ލިޔުން ހުށަނާޅާނަމަ އެބަޔަށްވާ ޕޮއިންޓްނުލިބޭނެއެވެ.
  • އިޢުލާނުގައި ދެންނެވިފައިވާ މުއްދަތުގެ ފަހުން ލިބޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.
  • އެއް ކޯޓޭޝަނަށްވުރެ އިތުރަށް ހުށަހަޅާފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރެވޭނެއެވެ.
  • މި މަސައްކަތަށް އެޑްވާންސް ފައިސާ ދުލެއްނުކުރެވޭނެއެވެ.
  • މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ.

 

 ނޯޓް: މާލިއްޔަތުގެ ޤަވާޢިދާއިއެއްގޮތަށް މިމަސައްކަތަށް ހޮވޭ ފަރާތަކާއި މި އިދާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ.

19 އޭޕްރިލް 2023
ހޯދާ