މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސިވިލް އޮފިސަރ

                                   `                                                      

                                   އިޢުލާން

             ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.

 

މަޤާމުގެ ނަން:

އެސިސްޓެންޓް ސިވިލް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ޤިންތި:

ވަގުތީ ( 06 މަސް)

ރޭންކް:

ސީ 2

ކްލެސިފިކޭޝަން:

އޮޕަރޭޝަނަލް ސިވިލް އޮފިސަރސް

މުސާރަ:

މަހަކު -/5,400.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3,500.00 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު -/2,430.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް/ މާފުށި ޖަލު

ފެންވަރު ނުވަތަ ޝަރުތު:         

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30 (ތިރީސް) އަހަރު ނުވާ މީހަކު ކަމުގައިވުން
  1. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. ކޯސްތަކާއި ޕްރޮގްރާމް އަދި ކްލާސްތަކުގައި ބައިވެރިވުމަށް އެދި ދަރިވަރުން ހުށަހަޅާ ފޯމްތަކާއި ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކަކީ ސައްޙަ ލިޔެކިޔުންތަކެއްތޯ ބެލުން.
  2. ކޯސްތަކަށް ޝަރުތުހަމަވާ ދަރިވަރުންގެ އެންމެހައި ކަންތައްތައް ހަމަޖެއްސުން.
  3. ކޯސްތަކުގެ ކޮމެންސިންގ ތައްޔާރުކޮށް ކޯސް ފެށުމުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ފޮނުވުން.
  4. ކޯސް ނިމުމުން ކޯސްތަކުގެ ޕްރޮގްރާމް އޮޑިޓާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ފޮނުވުން. އެމް.ކިޔު.އޭއިން ސުޕަވިޝަނާއި ގުޅިގެން ހޯދަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ، އަދި ކޯސް އޮޑިޓް ކުރުމަށް ވަޑައިގަންނަވާ ބޭފުޅުން ނަށް ބޭނުންވާ އެންމެހާ މަޢުލޫމާތު ފޯރުކޮށްދިނުން.
  5. ކޯސް ނިންމާ ދަރިވަރުންގެ އެކަޑަމިކް ޓްރާންސްކްރިޕްޓް އާއި ސެޓްފިކެޓް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތް ކުރުން.
  6. އިންސްޓިޓިއުޓްއިން ހިންގާ އެކިއެކި ކޯސްތަކާއި ގުޅިގެން ބަލަހައްޓަން ޖެހޭ އެންހައި ހާޟިރީތައް ބެލެހެއްޓުން.
  7. ކޯސްތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ލިޔެކިއުމާއި މަޢުލޫމާތު ފޯރުކޮށްދިނުން.
  8. ފެކަލްޓީއިން އިޢުލާން ކުރާ ކޯސްތަކާއި ކްލާސްތައް އަދި ޕްރޮގްރާމްތަކުގެ ޝެޑިއުލް ނޯޓިސްބޯޑަށް ނެރުމާ / ހޭންޑް އައުޓް / ނޯޓްތައް ތައްޔާރުކޮށް ޕްރިންޓް ކުރުމުގައި ފެސިލިޓޭޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

މަޤާމާއި ގުޅޭ ދާއިރާ:

- އެޑްމިނިސްޓްރޭޝަން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- ހިއުމަން ރިސޯސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތައުލީމް ޝަރުތު (ސާޅީސް ފަސް ޕަސެންޓް)
  • ދާއިރާއާއި ގުޅޭ ތައުލީމްގެ އިތުރަށް ލިބިފައިވާ ތަޢުލީމް (ފަސް ޕަސެންޓް)
  • މަސައްކަތު ތަޖުރިބާ (ދިހަ ޕަސެންޓް)
  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ސާޅިސް ޕަސެންޓް)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  3. ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ
  2. ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  3. އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  4. ޕޮލިސް ރިޕޯޓް

 

ސުންގަޑި:

 

މި މަޤާމުތަކަށް  އެދޭ ފަރާތްތަކުން، މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2023 އޭޕްރީލް 26  ވާ ބުދަ ދުވަހު 15:00 ގެ ނިޔަލަށް [email protected]

އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު:

  • މިމަގާމުގެ އިންޓަރވިއު އޮންނާނީ 2023 މޭ 02 އާއި 08 އާއި ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި މި ސަރވިސްއިންނެވެ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

                                         

 

 

 

   

 

 

               

 

 

                               

18 އޭޕްރިލް 2023
ހޯދާ