ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާރަށު އާޘާރީ މިސްކިތު ޤަބުރުސްތާނު ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް.

              ހއ.ބާރަށު އާޘާރީ މިސްކިތު ޤަބުރުސްތާނު 1 އަހަރުގެ މުއްދަތަށް ނޮޅާ ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

              ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މަސައްކަތާއި ގުޅޭ މަޢުލޫމާތުކަރުދާސް ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

 

              ބީލަން ހުށަހެޅުމަށްއެދޭ ފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މަޢުލޫމާތު ފޮނުވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

 

              ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި އިޢުލާން ނަމްބަރު، ހުށަހަޅާ ފަރާތުގެ ވިޔަފާރި ރެޖިސްޓްރޭޝަން ނަމްބަރު،އައިޑީކާޑު ނަމްބަރު،ފޯނު ނަމްބަރު އަދި ފޮނުވާ ފަރާތުގެ ނަމާއި މަޤާމު،ހިމަނަންޖެހޭނެއެވެ.

 

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން.

25 އޭޕްރީލް 2023 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް.

ޕްރި-ބިޑް ބައްދަލުވުން.

25 އޭޕްރީލް 2023 ވަނަ ދުވަހުގެ 11:30 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި.

ބީލަން ބަލައިގަތުމާއި ހުޅުވުން.

02 މެއި 2023 ވަނަ ދުވަހުގެ 11:30 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި.

            

 

              ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016،6500172 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

              ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                          

              27 ރަމަޟާން 1444

              18  މާރިޗު  2023

18 އޭޕްރިލް 2023
ހޯދާ