ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޕްރޮކިއުމަންޓް)

މަޤާމު:

  އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޕްރޮކިއުމަންޓް)

ބޭނުންވާ އަދަދު

  01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

  ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ކައްދޫ އެއަރޕޯޓް އޮފީސް

މަޤާމުގެ ޝަރުޠު:

  • ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝް/ކޮމާސް އާ ގުޅުންހުރި ދާއިރާއަކުން އެންމެ ދައްވެގެން އެމް.ކިޔު.އޭ ލެވަލް 06 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝް/ކޮމާސް އާ ގުޅުންހުރި ދާއިރާއަކުން އެންމެ ދައްވެގެން އެމް.ކިޔު.އޭ ލެވަލް 05 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕްރޮކިއުމަންޓް ޕޮލިސީގައިވާގޮތުގެމަތިން ޕްރޮކިއުމަންޓް ގެމަސައްކަތްތައް ކުރުން.
  • ޕްރޮކިއުމަންޓް ޕްރޮސެސްގެ ތެރޭގައި ހިމެނޭ އެންމެހާ ފޯރމުތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.
  • އައު ކްލައެންޓުން ހޯދުމާއި ކްލައެންޓް ޑާޓާބޭސް ބެލެހެއްޓުން
  • އަގު ހޯދުމަށް ބޭނުންވާ RFQ ތައްޔާރުކޮށް ސަޕްލަޔަރުންނަށް މެއިލްކުރުން
  • ލިބޭ އަގުތަކަށް ބިނާކޮށް ހުލާސާ ތައްޔާރުކުރުން
  • ޕްރޮކިއުމަންޓްގެ އުސޫލާއި އެއްގޮތަށް އިއުލާނުކޮށް އަދި ޓެންޑަރ ޑޮކިއުމަންޓްތައް (އެކަށީގެންވާ ހާލަތްތަކުގައި ބިޑްތައް ވިއްކުން) ދޫކުރުން.
  • ރިކުއެސްޓްކުރާ ޑިޕާޓްމަންޓްގެ މުވައްޒަފަކާއެކު، ޕްރީ -ބިޑް މީޓިންގ/މައުލޫމާތުދޭ ސެޝަން/ސައިޓް ވިޒިޓްތައް ހަމަޖެއްސުމާއި އަދި ހާޒިރުވާ ފަރާތްތަކަށް މައުލޫމާތު ދިނުން.
  • މީޓިންތަކުގެ ރެކޯޑްތައް ބެލެހެއްޓުން.
  • ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބިޑް އިވެލުއޭޓްކޮށް އަދި ހޮވުމަށް ޓެންޑަރ ކޮމިޓީއަށް ބިޑްތައް ހުށަހެޅުން.
  • އިވެލުއޭޝަން އަދި ސިލެކްޝަންއަށް ފަހު ޓެންޑަރ އެވޯޑްކުރުމަށް ހުއްދަ ހޯދުމަށް ޓެންޑަރ ކޮމިޓީއާއި ގުޅިގެން މަސައްކަތްކުރުން. ޓެކްނިކަލް އިވެލުއޭޝަންއެއް (ޓެކްނިކަލް ކޮމިޓީއަކުން) ބޭނުންވާ ހާލަތްތަކުގައި، ޓެންޑަރ ކޮމިޓީއިން އިވެލުއޭޓްކުރުމުގެ ކުރިން ޕްރޮޕޯޒަލްތައް ޓެކްނިކަލްގޮތުން އިވެލުއޭޓްކުރެވިފައިވާކަން ޔަޤީންކުރުން.
  • ހޮވުނު ފަރާތަށް އެވޯޑްކުރާކަމުގެ ސިޓީ ("ނޮޓިފިކޭޝަން އޮފް އެވޯޑް") ފޮނުވާ އަދި ނުހޮވޭ ފަރާތްތަކަށް އެކަން އެންގުން.
  • ބިޑްގެ އެންމެހާ ޝަރުތުތައް ފުރިހަމަކުރާކަން ޔަގީންކުރުން.
  • ކޮންޓްރެކްޓްގައި ސޮއެކުރުމުގެ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް؛ ޤާނޫނީ ލަފާ ބޭނުންވާނަމަ ލީގަލް ޑިޕާޓްމަންޓާއި މަޝްވަރާކުރުން.
  • ލިބިފައިވާ މުދާތައް/ޚިދުމަތްތަކަށް ރިކުއެސްޓްކުރި ޑިޕާޓްމަންޓުގެ އެޕްރޫވަލް/މުދާ ނުވަތަ ޚިދުމަތްތައް ލިބުނުކަމަށް ސޮއެކޮށްފައިވާ ރިސީޓް ހޯދުން. މައްސަލައެއް މެދުވެރިވެއްޖެނަމަ، ސަޕްލަޔަރާއި މަޝްވަރާކޮށް މައްސަލަ ހައްލުކުރުން.
  • ކޮންޓްރެކްޓް ބެލެހެއްޓުން؛ ޝަރުތުތަކަށް ގެންނަންޖެހޭ ބަދަލުތައް ("މޮޑިފައި") ގެނައުން އަދި ކޮންޓްރެކްޓް ބަންދުކުރުމަށް ("ކްލޯޒް އޮފް ކޮންޓްރެކްޓް") ތައްޔާރުކުރުން.
  • ބޭނުންވާ އެޕްރޫވަލްތައް ލިބުމުން ފައިސާ ދެއްކުމަށްޓަކައި އެކައުންޓްސް/ފައިނޭންސް ޑިޕާޓްމަންޓަށް ރިކުއެސްޓްކުރުން.
  • ކޮންމެ ޕްރޮކިއުމަންޓަކާއި ގުޅޭ ލިޔެކިޔުންތައް ތަރުތީބުކޮށް، އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • އެސެޓް ރެޖިސްޓްރީ ބެލެހެއްޓުން.
  • އެސެޓް ރެޖިސްޓްރީގައިވާ މުދަލުގެ ތެރެއިން ހަލާކުވެގެން ނައްތާލަންޖެހޭ އެންމެހާ މުދާ ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ނީލަން އުސޫލުން ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ކުރިއަށްއޮތް އަހަރުގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • އެނުއަލް ޕްރޮކިއުމަންޓް ޕްލޭން ތައްޔާރު ކުރުން.
  • ސެކްޝަނުގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމަމުން ގެންދިޔުމުގައި ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ސެކްޝަނާއި ހަވާލުވެ ހުންނެވި ވެރިޔަކު އިސްކަންދެއްވާ ގޮތުގެމަތިން ކުރަމުން ގެންދިޔުން.
  • ސެކްޝަނުގެ ވެރިން އަންގަވާ ގޮތުގެމަތިން ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުންހުރި އޮފީހުގެ އެހެނިހެން މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ  -/5000ރުފިޔާ
  • ސަރވިސް އެލަވަންސް -/7192ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން އަދި މި ކުންފުނީގެ ވެބްސައިޓް www.kacl.aero އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ތަމްރީން / ތަޖުރިބާ އަންގާދޭ ލިޔުން (މަޤާމުގެ މަސައްކަތާގުޅޭ)
  • ޕޮލިސް ރިޕޯޓު (3މަސް ދުވަސް ހަމަނުވާ)
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ (3މަސް ދުވަސް ހަމަނުވާ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
  • ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ސުންގަޑި:

  2023 އޭޕްރިލް 26 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ  / Email: [email protected]ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދޫ ނުވަތަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ހެޑްއޮފީސް، މިނިސްޓްރީ އޮފް ޑިފެންސް / ބަންޑާރަކޮށްޓަށެވެ. ފޯމު ބަލައި ގަންނާނީ ހެނދުނު 09.00 އިން 14.00 އަށެވެ.
18 އޭޕްރިލް 2023
ހޯދާ