މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުޒިޔާރަތް ޕާކުގެ އާބާތުރަ ފިލުވައި، މަރާމާތުކޮށް ބަލަހައްޓައިދިނުމަށް މާލެސިޓީކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ،

    ލޮނުޒިޔާރަތް ޕާކުގެ އެކި ދިމާލުގައި ހުރި ތަންތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެ އިތުރަށް މަރާމާތުކުރުމަށް ބޭނުންވެފައެވެ. މިގޮތުން ޕާކު ތެރޭގައި އަދި ޕާކާއި އިންވެގެން އޮތް ސަރަހައްދުތަކުގައި ކުރަންހުރި މަސައްކަތްތައް އަމިއްލަ ޙަރަދުގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

    ވީމާ، މި މަސައްކަތް މި ކައުންސިލަށް ކޮށްދެއްވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މަޢުލޫމާތު  ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

20 އޭޕްރީލް 2023

11:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

25 އޭޕްރިލް 2023

11:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. 
  • އިތުރު މަޢުލޫމާތު: 

- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]

17 އޭޕްރިލް 2023
ހޯދާ