މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ހޯދުމަށް ބޭނުންވެއްޖެ:

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މިނިސްޓްރީއަށް ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ވިއްކުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 އެޕްރީލް 17 ން 2023 އެޕްރީލް 22 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:forms.moe.gov.mv

4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އެޕްރީލް 24 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 އެޕްރީލް 26 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 3 ގައެވެ.

6. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/5,000ރ.(ފަސްހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން:  9997721

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

17 އޭޕްރިލް 2023
ހޯދާ