މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މިއޮފީހުގައި ހުރި ބާއުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން

ޢިއުލާން 

މިއޮފީހުގައި ހުރި ބާއުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން 

 

މި އޮފީހުގެ ނަންބަރު (IUL)438-AU/1/2023/10 އިޢުލާންގައިވާ ގޮތުގެމަތިން، 2023 އޭޕްރީލް 12 ވަނަ ދުވަހު ކިޔާފައިވާ ނީލަމުގައި ނުވިކި ހުރި ތަކެތި އަލުން ނީލަން ކިޔުން ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، 2023 އެޕްރީލް 25  ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި އޮންނާނެއެވެ.

 

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލުމާތާއި، ނީލަން ފެށޭ އަގު، މި އިއުލާނާއެކު  އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ސާފު ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެ ކޮޕީއެއް ހިފައިގެން ނީލަމުގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދެމެވެ. 

 

ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ތަކެއްޗާއި ހަވާލުވުމަށް ވަޑައިގެން ދެއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 3018300 ނަންބަރާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ. 

17 އޭޕްރިލް 2023
ހޯދާ