ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރ

އިޢުލާން

           ތިރީގައިމިވާ މަޤާމަށް، ކޮންޓްރެކްޓް އެމްޕްލޯއިމެންޓް އުސޫލުން މަސައްކަތްކުރާނެ މުވައްޒަފަކު ބޭނުންވެއްޖެއެވެ.

    މަޤާމް:    ލީޑިންގ ޓީޗަރ                               ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

ޝަރުޠު:

ޓީޗަރުންގެ މަޤާމުގެ އޮނިގަނޑުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

މަސައްކަތް ކުރަންޖެހޭ ގަޑި

11:00-18:00 

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

ކޮލިފައިޑް ލީޑިންގ ޓީޗަރ

 

MS 3

 

 

ޓީޗިންގ ސަރވިސް އޮފިސަރ  4

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/7035ރ

-/2500ރ

 

ކޮލިފައިޑް ލީޑިންގ ޓީޗަރ

 

 

MS 4

 

ޓީޗިންގ ސަރވިސް އޮފިސަރ 5

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން   2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/7875ރ

-/2500ރ

 

EX 1

ޓީޗިންގ ސަރވިސް އޮފިސަރ 6

-  ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/8،835 ރ

 

-/2500ރ

 

ކޮލިފައިޑް ލީޑިންގ ޓީޗަރ

 

EX 2

ޓީޗިންގ ސަރވިސް އޮފިސަރ 7

-  ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/9890ރ

 

-/2500ރ

 

 

 

 

 

 

 

ސީނިއަރ ލީޑިންގ ޓީޗަރ

EX 3

ޓީޗިންގ ސަރވިސް އޮފިސަރ 8

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/11065ރ

 

-/2500ރ

 

EX 4

ޓީޗިންގ ސަރވިސް އޮފިސަރ 9

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/12400ރ

 

-/2500ރ

 

EX 5

ޓީޗިންގ ސަރވިސް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/13890ރ

 

-/2500ރ

 

EX 6

ޓީޗިންގ ސަރވިސް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/15560ރ

 

-/2500ރ

 

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތަށް:

  • ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހަވާލުކުރެވޭ މާއްދާއެއް ކިޔަވައިދިނުމާއި، އެކަމާ ގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުން.
  • ވަށާޖެހޭ ތައުލީމަށް މަގުފަހިވާގޮތަށް ދަރިވަރުންގެ ކިޔަވައިދިނުމާއި، އިތުރު ހަރަކާތްތައް ރާވައި ހިންގުން.
  • ދަރިވަރުންގެ ޢަމަލީ ތަޖުރިބާއަށް ބޭނުންވާ ފީލްޑް ޓްރިޕްތައް ރާވައި ހިންގުމާއި، ދަރިވަރުންނާއެކު ފީލްޑްޓްރިޕްތަކުގައި ދާން ހަމަޖެހޭ ދުވަސްތަކުގައި ދިއުން.
  • ޑީ.ޕީ އާ ގުޅިގެން ހިންގޭ އިމްތިޙާނުތަކާއި އެޑެކްސެލް ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ އިމްތިޙާނުގެ އިދާރީ ހުރިހާ މަސައްކަތެއް ކުރުން.
  • ޓީޗަރުންނާއި މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ރާވައި ހިންގުން.
  • ޓީޗަރުންގެ ފެންވަރު މަތިކުރުމަށްޓަކައި ފަންނީ ޤާބިލްކަން ކުރިއެރުވުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން.
  •  ސެމެސްޓަރ އިމްތިޙާނުގެ އެންމެހައި މަސައްކަތްތައް ބެލެހެޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުމުގައި އިސްނެގުން.                                                                                                                            
  • ދަރިވަރުން ސުލޫކީ މިންގަނޑުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުސޫލުތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުމާއި، އެކަންކަމުގައި މި ސެންޓަރުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަޑާ އެއްގޮތަށް ކަންތައްކުރުން.
  • ދަރިވަރުންގެ ހާޒިރީ ކަންތައް ބެލެހެއްޓުމާއި، ހާޒިރީއަށް ފަރުވާކުޑަ ދަރިވަރުންނާމެދު މި ސެންޓަރުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ޤަވާޢިދަށް ޢަމަލުކުރުން.
  • ހަވާލުކުރެވޭ ޓީޗަރުންގެ، ފިލާވަޅުތައް އޮބްޒަރވްކުރުމާއި ފީޑްބެކް ދިނުން.
  • މައިކްރޯ ސޮފްޓާއި ޕަވަރ ޕޮއިންޓް ބޭނުންކޮށްގެން ރަނގަޅަށް މަސައްކަތްކުރަން އެނގުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ލީޑިންގ ޓީޗަރުން ހޮވުމުގައި ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުއާއި އިންޓަރވިއުގައި ހުށައަޅާ ޕްރެޒެންޓޭޝަނަށާއި، ކްލާސްރޫމް އޮބްޒަރވޭޝަނަށް ބަލައިގެން.
  • ލީޑިންގ ޓީޗަރުން ހޮވުމުގައި މި ސެންޓަރުގައި ކިޔަވައިދޭ މާއްދާއެއް ކިޔަވައިދެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

އިންޓަރވިއުކުރުންް

  • މި މަޤާމްތަކަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 22 ޖަނަވަރީ 2015 ގައެވެ.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

  ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސެންޓަރުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު 9.30 ން 14.00  އަށް ލިބެން ހުންނާނެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މި ސެންޓަރުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)
  3. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީީ އާއި ދާއިރާއާ ގުޅޭގޮތުން ލިބިފައިވާ ސެޓްފިކެޓްތަކުގެ އަސްލު.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)
  6. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑުޖެހި ލިޔުމެއް.
  7. އުޅެފައިވާ މަޤާމާއި، ރޭންކާއި، ވަޒީފާ އަދާކުރި މުއްދަތު އެނގޭނޭ ލިޔުމެއް.

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:                                                                                                        

  ލީޑިންގ ޓީޗަރެއްގެ މަޤާމަށް ކުރިލަތިލާން އެދޭ ފަރާތްތަކުން، މަތީގައިއެވާ ލިޔުންތަކާއެކު،  2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ މެންދުފަހު 14.00 ގެ ކުރިން މި ސެންޓަރަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

    މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލް ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނޭއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ ނަންބަރު 3321330 ފޯނާ ގުޅުން އެދެމެވެ.

21 ރަބީޢުލްއައްޥަލް 1436

12 ޖަނަވަރީ 2015
ހޯދާ