ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮކިއުމަންޓް އޮފިސަރ

އިޢުލާން

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމު

އެސިސްޓަންޓް ޕްރޮކިއުމަންޓް އޮފިސަރ

 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް. 3 / އޮފިސަރ ގްރޭޑް 1

 

ބޭނުންވާ އަދަދު

1 (އެކެއް)

 

ވަޒިފާ އަދާކުރަންޖެހޭ ޔުނިޓާއި، އޮފީހާއި، ރަށް

ޕްރޮކިއުމަންޓް ޔުނިޓް / ޕަބްލިކް ވަރކްސް ސަރވިސަސް / ކ. މާލެ

 

މުސާރައާއި ޢިނާޔަތްތައް

- މުސާރަ: މަހަކު -/4،465 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

  1. ޔުނިޓަށް އަންނަ ރިކުއެސްޓް ފޯމްތަކަށް ޤަވާއިދުން މުދާނެގުން.
  2. ޔުނިޓުގެ އެގްރީމަންޓްތަކާއި ޕީ.އޯއާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުން.
  3. ޔުނިޓުގެ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  4. އޮފީހުން ހިންގާ ޕްރޮޖެކްޓްތަކަށް މުދާ ފޮނުވަންޖެހޭ ތަންތަނަށް މުދާ ފޮނުވުން.
  5. ޔުނިޓުން ފޮނުވާ ސިޓީ، މެމޯފަދަ ތަކެތި ތައްޔާރުކޮށް، ފައިލްކޮށް ބެލެހެއްޓުން.
  6. މީގެ އިތުރުން، ކުރަންޖެހުނު ޑިޕާޓްމަންޓުގެ ކޮންމެ ކަމެއް، ވެރިން އަންގާގޮތެއްގެ މަތިން ކުރުން.
 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

 

1. ތައުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

6. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލޭ އޮފީހުންނެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސް (އަމީނީމަގު، މާފަންނު / މާލެ) އަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.
 

އިންޓަވިއުކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2015 ގެ ޖަނަވަރީމަހާއި ފެބުރުވަރީމަހާ  ދެމެދުގެ ތާރީޚެއްގައި މި ސަރވިސަސްގައެވެ.
  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

 

އިތުރު މަޢުލޫމާތު

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ ނަންބަރު 3323537 ފޯނަށް ގުޅުން އެދެމެވެ.

 

15 ރަބީޢުލްއައްވަލް 1436

06 ޖަނަވަރީ 2015
ހޯދާ