ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
އެސިސްޓަންޓް އިންޖިނިއަރ

އިޢުލާން

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމު

އެސިސްޓަންޓް އިންޖިނިއަރ

 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް.އެސް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

ބޭނުންވާ އަދަދު

1 (އެކެެއް)

 

ވަޒިފާ އަދާ ކުރަންޖެހޭ ޔުނިޓާއި، އޮފީހާއި، ރަށް

ޕްރޮޖެކްޓްސް މެނޭޖްމަންޓް ޔުނިޓް / ޕަބްލިކް ވަރކްސް ސަރވިސަސް / ކ. މާލެ

 

މުސާރައާއި ޢިނާޔަތްތައް

- މުސާރަ: މަހަކު -/6،295 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

 

ޝަރުޠު

  1. ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނުގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

  1. ޑިޕާޓްމަންޓުން ހަވާލުވާ ހުރިހާ ޕްރޮޖެކްޓްތަކެއް ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ޑިޕާޓްމަންޓް ހެޑުގެ ލަފާގެމަތިން ރާވައި ހިންގުން. 
  2. ޕްރޮޖެކްޓްތައް ޑިޒައިންކުރުމާއި ކޮންސަލްޓަންސީގެ ކަންތައްތައް، ޑިޕާޓްމަންޓް ހެޑުގެ ލަފާގެމަތިން ރާވައި ހިންގުން.
  3. ޕްރޮޖެކްޓްތަކުގެ ސްޓޭޓަސް ރިޕޯޓްތައް ތައްޔާރުކުރުވައި، އެތަކެތި ޗެކުކޮށް، ޑިޕާޓްމަންޓް ހެޑަށް ރިޕޯޓްކުރަމުންގެންދިއުމާއި، ޕްރޮޖެކްޓްތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރާނެ ގޮތްތަކުގެ ލަފާދިނުން.
  4. ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ރޭވުމުގައި ބޭނުންވާނެ ފަންނީ ލަފަޔާއި އެހީތެރިކަން ކަމާބެހޭ މުވައްޒަފުންނަށް ދިނުން.
  5. ޕްރޮޖެކްޓް ސައިޓްތަކަށް ދާންޖެހިއްޖެ ޙާލަތެއްގައި އެ ސައިޓްތަކަށް ގޮސް މަސައްކަތްތައް ރާވައި ހިންގުމުގައި ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުން.
  6. މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުމާއި، މިފަދަ ކަންކަމުގައި ބޭނުންވާނެ ފަންނީ ލަފާ މެނޭޖްމަންޓަށް ދިނުން.
  7. މީގެ އިތުރުން، ކުރަންޖެހުނު ޑިޕާޓްމަންޓުގެ ކޮންމެ ކަމެއް، ވެރިން އަންގާގޮތެއްގެ މަތިން ކުރުން.
 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

 

ތައުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

6. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލޭ އޮފީހުންނެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޕަބްލިކް ވަރކްސް ސަރވިސަސް (އަމީނީމަގު، މާފަންނު / މާލެ) އަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.
 

އިންޓަވިއުކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ،  2015 ގެ ޖަނަވަރީމަހާއި ފެބުރުވަރީމަހާ ދެމެދުގެ ތާރީޚެއްގައި މި ސަރވިސަސްގައެވެ.
  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

އިތުރު މަޢުލޫމާތު

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ ނަންބަރު 3323537 ފޯނަށް ގުޅުން އެދެމެވެ.

 

15 ރަބީޢުލްއައްވަލް 1436

 
06 ޖަނަވަރީ 2015
ހޯދާ