މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ގޯތި ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުކުރުން   

                 ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމާއިއެކު ޞައްޙަ އައިޑީކާރޑް ހުށަހަޅަން ޖެހޭތީ، އައިޑީ ކާރޑް ހެއްދުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން އަދި އެހެން ސަބަބުތަކާއި ހުރެ ގޯތި ފޯމް ހުށަހެޅުމުގެ މުއްދަތު 11 މެއި 2023 ދުވަހުގެ ނިޔަލަށް އިތުރުކޮށްފީމެވެ.

                 ވީމާ، ކުރިންވެސް އިޢުލާނުކޮށްފައިވާ ގޮތުގެމަތީން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 13:00 އަށް އަދި ރޭގަނޑު 21:00 ން 22:00 އަށް ފޯމް ބަލައިގަންނާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

16 އޭޕްރިލް 2023
ހޯދާ