ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް 2

މުސާރަ:

10،500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަރވިސް އެލަވަންސް:  2،000.00 ރުފިޔާ

 ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޤަވާއިދާއި އެއްގޮތަށް ޓްރައިބިއުނަލުގެ އިދާރީ އަދި ފައިސާއާބެހޭ ކަންތައްތައް ރާވާ ހިންގުން.
  2. ޓްރައިބިއުނަލަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދައި ތަރައްޤީކޮށް އެންމެ ހެޔޮގޮތުގައި ބޭނުން ހިފުން.
  3. ސަރުކާރަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ޓްރައިބިއުނަލުގެ ރިޔާސަތާ ހަވާލުވެހުރި ފަރާތެއްގެ އިރުޝާދާ އެއްގޮތަށް ތައްޔާރުކޮށް ފޮނުވުން.
  4. ޓްރައިބިއުނަލުގެ މަސައްކަތުގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ޕްލޭންތައް އެކުލަވައި ތަންފީޒުކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  5. ޓްރައިބިއުނަލުގެ އެކިއެކި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތް ދޭ ފަރާތްތަކަށް ފަސޭހަ، ލުއި، އަވަސް، ޚަރަދު ކުޑަ ގޮތްތައް ހޯދައި ތައާރަފްކޮށް އެކަން އިތުރަށް ކުރިއަރުވަން މަސައްކަތްކުރަމުން ގެންދިއުން އަދި އެ ކަންކަން އެގޮތަށް ކުރުމަށް ބޭނުންވާ، މަގުފަހިކުރާ، ގައިޑްލައިންތަކާއި، އުސޫލުތައް އެކުލަވައި ހާމަކޮށް، އެކަންކަން ކުރެވޭނެ ގޮތްތައް ހޯދައި ކުރިއަރުވަމުން ގެންދިއުން.
  6. ޓްރައިބިއުނަލުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޓްރައިބިއުނަލުގެ މުވައްޒަފުން އަމަލުކުރާނެ ގޮތްތައް ރާވައި އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގައިޑްލައިންތައް ހަދައި އެއަށް ޢަމަލުކުރެވޭކަން ޔަޤީންކުރުން.  
  7. ތަމްރީނުގެ ކަންތައްތައްދަނީ ޓްރެއިނިންގ ޕޮލިސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި އަދި ސަރުކާރުގެ މުވައްޒަފުން ތަމްރީނުކުރުމާއި ބޮންޑްކުރުމުގެ ޤާނޫނާ އެއްގޮތަށްކަން ޔަޤީންކުރުން.
  8. ޓްރައިބިއުނަލުގެ މުވައްޒަފުންނާއި މެންބަރުން މަސައްކަތްކުރާ މާހައުލަކީ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ މިންގަނޑުތަކާއި އެއްގޮތަށް ރޭވިފައިވާ ތަނެއްތޯ ޔަޤީންކުރުން.
  9. ޙަވާލުކުރެވޭ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް، ޓްރައިބިއުނަލުގެ ރިޔާސަތާއި ހަވާލުވެ ހުރި ފަރާތެއްގެ އިރުޝާދާއި އެއްގޮތަށް ބެލެހެއްޓެވުން.
  10. މުވައްޒަފުންގެ މުސާރަޔާއި، ޢިނާޔަތްތަކާއި، މުސާރައިގެ ކުރިއެރުން ދިނުމުގެ އެންމެހާ ކަންތައްތައް ހަމަޖެހިފައިވާ ގަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދިޔުން.
  11. މުވައްޒަފުން ވަޒީފާގައި ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އެހެންވެސް ކަމަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި އެނޫންވެސް މުވައްޒަފުންނަށް ދިމާވާ އެކިކަހަލަ ކަންކަމާއި މައްސަލަތައް ހައްލުކުރުމުގައި ރިޔާސަތަށް އެހީތެރިކަން ދިނުން.     
  12. ޓްރައިބިއުނަލުގެ ޔައުމިއްޔާތައް ގަވާއިދާއި އެއްގޮތަށް ލިޔެވޭކަން ޔަޤީންކުރުން.
  13. ތަނަށް އަންނަ ސިޓީ، ނޯޓް، ފަދަ ތަކެތި އެންޓްރީކޮށް ހަމަޖެހިފައިވާ ގަވާއިދުގެ މަތިން ލަސްނުކޮށް ސެކްޝަންތަކާއި ޙަވާލުކޮށް ސޮއި ހޯދުމުގެ ކަންތައްތައް ކުރަމުން ގެންދޭތޯ ބެލުމާއި ޑިސްޕެޗަށް ގެނެވިފައިވާ ތަކެތި ޤަވާޢިދުން ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރެވޭކަން ޔަގީންކުރުން.
  14. ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ދަށުން ހިންގަންޖެހޭ މާލީ އެންމެހައި ކަންތައްތަކާއި ހިސާބުކިތާބު ބެލެހެއްޓުމުގެ ކަންތައްތަކާއި މާލީ ހިސާބުތައް ތައްޔާރުކޮށް، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  15. ޓްރައިބިއުނަލުގެ އިސްވެރިންގެ ލަފާގެ މަތީން ކޮންމެ އަހަރެއްގެވެސް އަހަރީ ރިޕޯރޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚްގެ ކުރީން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވޭކަން ޔަޤީންކުރުން.
  16. ޓްރައިބިއުނަލުގެ ފައިސާއާބެހޭގޮތުން ދިގުމުއްދަތުގެ އަދި ކުރުމުއްދަތަށް ރާވަންޖެހޭ ކަންތައްތައް ރޭވުމާއި، އެފަދަ ރޭވުންތައް ކާމިޔާބުކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައެޅުމާއި، އެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަނޑައަޅާ އެކަންތައްތައް މުވައްޒަފުން ލައްވާ ކުރުވުން.               
  17. ފައިސާއާގުޅޭ ކަންތައްތަކުގައި އަދި މުވައްޒަފުންނާބެހޭ ކަންތައްތަކުގައި ޓްރައިބިއުނަލަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން.
  18. އަހަރީ ބަޖެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދާ ކަނޑައަޅާފައިވާ ތާރީޚަށް ބަޖެޓް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  19. ފައިސާއާބެހޭ ރެކޯރޑްތައް އެންމެ ރަނގަޅުގޮތެއްގައި ބަލަހައްޓަމުން ގެންދޭތޯ ބަލައި ޔަގީންކުރުން، މިގޮތުން ދައުލަތު މާލިއްޔަތާބެހޭ ގަވާއިދާއި އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަނޑައަޅުއްވާ އުޞޫލުތަކާ އެއްގޮތަށް ޓްރައިބިއުނަލުގެ ފައިސާއާބެހޭ ކަންކަން ރާވައި ހިންގުން.
  20. ކޮންމެ އަހަރެއްގެ އަހަރީ ހިސާބުތައް ކަނޑައެޅިފައިވާ ތާރީޚަށް ނިންމާ އޮޑިޓަރ ޖެނެރަލް އޮފީހަށް ހުށަހެޅުން.
  21. ޓްރައިބިއުނަލުގެ ފައިސާއާބެހޭ ކަންތައްތަކުގައި އޮޑިޓަރުންގެ ފަރާތުން ހުށަހެޅޭ މައްސަލަތަކަށް ޖަވާބުދާރީވުމާއި، އެކަންތައްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި މިފަދަ މައްސަލަތަކާއި ގުޅިގެން ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުން.
  22. ޓްރައިބިއުނަލުގެ ޚަރަދުތައް ހިނގާނުހިނގާގޮތް ބެލުމާއި، ޚަރަދުތައް ބޮޑުވަމުންދާނަމަ އެކަންތައްތަކާއި ގުޅިގެން  އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  23. މުވައްޒަފުންގެ މުސާރައިގެ ކަންތައްތައް ރަނގަޅަށް ބެލެހެއްޓުމާއި، މުސާރަ ދޭންޖެހޭ މުއްދަތަށް ދޭތޯބެލުމާއި އަދި ދެވެނީ ރަގަޅަށްކަން ކަށަވަރުކުރުން.
  24. ޓްރައިބިއުނަލްގައި ވަޒީފާ އަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމާއި އަދި މުވައްޒަފުން މަސައްކަތުގައި އިސްނެގުމުގެ ރޫޙާއި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކުރެވޭނޭ ޙަރަކާތްތައް އިންތިޒާމް ކުރެވޭކަން ކަށަވަރުކުރުން.
  25. ޓްރައިބިއުނަލުގެ މާލީ ޒިންމާދާރު ވެރިޔާގެ މަޞްއޫލިއްޔަތު އަދާކުރުން.
  26. ޓްރައިބިއުނަލުގެ ފަރާތުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  27. ޓްރައިބިއުނަލުގެ ފަރާތުން ހިންގާ އެވެއަރނެސް ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  28. ސުޕަވައިޒްކުރާ މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލް ހެދުން.
  29. ޙަވާލުކުރެވޭ ގޮތެއްގެމަތިން މި ޓްރައިބިއުނަލުގެ ކޮމިޓީތަކުގައި މަސައްކަތްކުރުން.
  30. ޓްރައިބިއުނަލުގެ މަސައްކަތާއި ގުޅިގެން ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން.
  31. މަތީގައި ބުނެވިދިޔަ މަސައްކަތްތަކުގެ އިތުރުން ޓްރައިބިއުނަލުގެ މަސައްކަތްތަކާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމާއި ޓްރައިބިއުނަލުން ހިންގަންޖެހޭ ޚާއްސަ ބޮޑެތި ކަންތައްތަކުގައާއި ކުއްލިގޮތުގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި އެހީތެރިވެދިނުމާއި އަދި ޓްރައިބިއުނަލުން ހިންގާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވާން ޖެހިއްޖެނަމަ ބައިވެރިވާންވާނެއެވެ.

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 (ދެއެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 (ހަތަރު) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގް ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް އެޑްމިނިސްޓަރޭޝަން
  3. ބިޒްނަސް މެނޭޖްމަންޓް
  4. މެނޭޖްމަންޓް
  5. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  6. ހިއުމަން ރިސޯސް މެނޭޖްމަންޓް
  7. ފައިނޭންސް
  8. އެކައުންޓިންގ

މަޤާމުގް މަސައްކަތުގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް
  3. ހިއުމަން ރިސޯސް މެނޭޖްމަންޓް
  4. ފައިނޭންސް
  5. އެކައުންޓިންގ

 

އެހެނިހެން:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން:

މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 24 އެޕްރީލުް 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،

3. އައި.ޑީ ކާޑުގެ ކޮޕީ،

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،

  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،

  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 

ޝޯޓްލިސްޓުކުރުން:

  • ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

 

13 އޭޕްރިލް 2023
ހޯދާ