ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ހިތަދޫ ކެމްޕަހުގައި އެލުމިނިއަމް ޕާޓިޝަން ޖެހުމާއި ހަރުކުރުމުގެ މަސައްކަތް

  1. މި ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި އެލުމިނިއަމް ޕާޓިޝަން ޖެހުމާއި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް/ސައިޓް ވިޒިޓް އޮންނާނީ 18 އޭޕްރިލް 2023 ވަނަ ދުވަހުގެ 10:00 ގައި ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ.ހިތަދޫ ކެމްޕަސްގައެވެ.  ބީލަން ހުށަހެޅުން އޮންނާނީ 25 އޭޕްރިލް 2023 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ.ހިތަދޫ ކެމްޕަސްގައެވެ. ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  5. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

މަސައްކަތާ ގުޅޭ މައުލޫމާތެއްނަމަ:

ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛

އިދާރީ ސެކްޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސ.ހިތަދޫ ކެމްޕަސް

ފޯން: 3345242

އީ-މެއިލް: [email protected]

ޢާއިޝަތު ޝަފީޤް / އެޑްމިނިސްޓްރޭޓިވް އޮފިސަރ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345242

އީ-މެއިލް: [email protected]

 

13 އޭޕްރިލް 2023
ހޯދާ