ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ވަޑި

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމު

ވަޑި

 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް. 2 / އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

 

ބޭނުންވާ އަދަދު

1 (އެކެއް)

 

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓް

މެއިންޓަނަންސް ޔުނިޓް/  ޕަބްލިކް ވަރކްސް ސަރވިސަސް / ކ. މާލެ

 

މުސާރައާއި ޢިނާޔަތްތައް

- މުސާރަ: މަހަކު -/4،000 ރުފިޔާ

- ސަރވިސް އެލަވަންސް: -/1،500 ރުފިޔާ

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.

 

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާ ކާޕެންޓްރީ އަދި އެލުމިނިއަމް ފެބްރިކޭޝަން މަސައްކަތްތައް، ޔުނިޓްގެ ވެރިން އަންގަވާގޮތުގެމަތިން ކުރުން. 
  2. ޔުނިޓް ހެޑްގެ ލަފާގެމަތިން، މަސައްކަތްކޮށް ނިމުމުން، މަސައްކަތުގައި ބޭނުންކުރި އިކްއިޕްމަންޓާއި، މެޝިނަރީއާއި ހިފާގެންގުޅޭ އެހެނިހެން ސާމާނު، އެތަކެތި ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ރައްކައުތެރިކަމާއެކު ބެހެއްޓުމާއި، އެތަކެތި ބެލެހެއްޓުން.
  3. ޔުނިޓްގެ ކާޕެންޓްރީ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކްއެސްޓްކުރުން.
  4. އޮފީހުގެ ބެލުމުގެ ދަށުގައި ހުންނަ ޢިމާރާތްފަދަ ތަންތަނުގައި ދިމާވާ މަރާމާތުގެ މަސައްކަތްތައް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
  5. މަސައްކަތްކުރާ ވަގުތުގައްޔާއި މަސައްކަތް ހިނގަމުންދާ ސައިޓުގައި ހޭދަކުރާ ވަގުތުތަކުގައި ތިމާއަށާއި އެހެނިހެން މުވައްޒަފުންގެ ސަލާމަތަށް ބަލައިގެން، އޮފީހުގެ މުދަލާއި ތަނަށް ގެއްލުމެއް ނުވާނެގޮތުގެ މަތިން ސަމާލުވެގެން މަސައްކަތްކުރުން.
  6. މީގެ އިތުރުން، ކުރަންޖެހުނު ޑިޕާޓްމަންޓުގެ ކޮންމެ ކަމެއް، ވެރިން އަންގާގޮތެއްގެމަތިން ކުރުން.
 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

ތައުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަރވިއު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

6. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

 

 

 

ހުށަހަޅަންޖެހޭ ތަކެތި

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލޭ އޮފީހުންނެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޕަބްލިކް ވަރކްސް ސަރވިސަސް (އަމީނީމަގު، މާފަންނު / މާލެ) އަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.
 

އިންޓަވިއުކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2015 ގެ ޖަނަވަރީމަހާއި ފެބުރުވަރީމަހާ  ދެމެދުގެ ތާރީޚެއްގައި މި ސަރވިސަސްގައެވެ.
  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ ނަންބަރު 3323537 ފޯނަށް ގުޅުން އެދެމެވެ.

- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

15 ރަބީޢުލްއައްވަލް 1436

06 ޖަނަވަރީ 2015
ހޯދާ