މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1436ހ. ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރާބެހޭ

އިޢުލާނު

1436ހ. ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާއަށް ދިއުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ކަނޑައެޅިފައިވާ އަގަކީ -/39,965 (ތިރީސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަހެއް) ދިވެހިރުފިޔާއެވެ. އަދި 1436ހ. ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާއަށް ދިއުމަށްޓަކައި ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ރަޖިސްޓަރީވެ، ފައިސާ ދެއްކުމުގެ ފުރުޞަތު 5 ޖަނަވަރީ 2015 ވީ ހޯމަ ދުވަހުން ފެށިގެން 5 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވިފައިވާކަން އަންގައި އިޢުލާނު ކުރަމެވެ.

އެގޮތުން، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީކުރައްވާ ފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދެންވީމެވެ. އަދި ބަހާލައިގެން ފައިސާ ދައްކަވާ ބޭފުޅުން ފައިސާ ދައްކާ ހަމަކުރައްވަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަސްކަމުގައި ދެންނެވީމެވެ.                      

21 ރަބީޢުލްއައްވަލް 1436

12 ޖަނަވަރީ 2015
ހޯދާ