މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު

ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު

އެލިމިނޭޓިންގް ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް ޕްރޮޖެކްޓުގެ ދަށުން ދެވޭ މާލީ އެހީ

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިއަށްގެންދާ ''އެލިމިނޭޓިންގް ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން  އުކާލާ ނުވަތަ އަންދާ ކުނި މަދުކޮށް އަލުން ބޭނުންކުރެވޭ ފަދަ ކުނި އަލުން ބޭނުންކުރެވޭނެ އީޖާދުތައް  ތަޢާރަފްކުރުމަށް، އަދި ރާއްޖޭގައި ބޭނުންކުރެވޭ ނުރައްކާތެރި ކެމިކަލް އަދި ކެމިކަލް އެކުލެވޭ ތަކެތީގެ އަލްޓަނޭޓިވްސް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ގްރާންޓް ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

މި ގްރާންޓް ސްކީމްގެ ދަށުން މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަށް ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށާއި، މަދަނީ ޖަމްޢިއްޔާތައް (ޚާއްސަކޮށް ޤައުމީ އަދި ރަށު ފެންވަރުގައި ހިލޭސާބަހަށް މަސައްކަތްކުރާ އެން.ޖީ.އޯ) ތަކަށާއި، ކޮމިއުނިޓީ ބޭސްޑް އޯގަނައިޒޭޝަންސް (ސީ.ބީ.އޯ)، މަދަރުސާ އަދި ކޮލެޖު ޔުނިވާސިޓީތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ. އަދި އަންހެނުން އިސްވެ ހިންގާ ޖަމްޢިއްޔާތަކަށް އިސްކަންދެވޭނެއެވެ.

މާލީ އެހީއަށް އެދި ހުށަހަޅަން ޖެހޭ ކޮންސެޕްޓް ޕްލޭން (ޓެމްޕްލޭޓް އެޓޭޗްކުރެވިފައި) ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 14 މެއި 2023 ވާ އާދީއްތަ ދުވަހުގެ 14:00އެވެ. ކޮންސެޕްޓް ޕްލޭން ހުށަހަޅާނީ އީމެއިލް ޒަރިއްޔާއިން[email protected]  އަށެވެ. މި ގްރާންޓް ސްކީމްއާއި ބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 7 މެއި 2023 ވާ އާދީއްތަ ދުވަހުގެ ކުރިން [email protected]  އަށް އީމެއިލް ޒަރިއްޔާއިން ނުވަތަ ފޯން ނަންބަރ 3018410 އަށް ގުޅުއްވައިގެން ސުވާލު ހުށަހެޅިދާނެއެވެ.

މަޢުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބަލައި ނުގަތުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. 

13 އޭޕްރިލް 2023
ހޯދާ