މުލަކަތޮޅު ނާލާފުށީ ހެލްތް ސެންޓަރ
ދިވެހިރާއްޖެ
މ.ނާލާފުށީ ސިއްޙީ މަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ އެންމެހާ ސާމްޕަލްތައް މ މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދިނުމާއި، ކެރިއަރ އަނބުރާ ގެނެސްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މ.ނާލާފުށީ ޞިއްޙީމަރުކަޒުން ޙަވާލުކުރާ ލެބޯޓަރީ ސާންޕަލް ހިފައިގެން މ.މުލީ ރީޖަނަލް ހޮސްޕިޓަލްއަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެއްފަހަރު (ހުކުރު،ހޮނިހިރު ދުވަސް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގައިވެސް މަރުކަޒުން އެދިއްޖެނަމަ) 1 އަހަރު ދުވަހުގެ މުއްދަތަށް ދަތުރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

1- މ.ނާލާފުށީ ޞިއްޙީމަރުކަޒުން މ.މުލީ ރީޖަނަލްހޮސްޕިޓަލް އަށް ސާންޕަލްތައް ގެންދިއުމާއި ކެރިޔަރުއަނބުރާގެނައުން.

2- މަރުކަޒުން ނަގާ ސާންޕަލްތައް ޙަވާލުކުރާތާ 1 ގަޑިއިރުތެރޭގައި މުލީ ރީޖަނަލް ހޮސްޕިޓަލްއަށް ރައްކާތެރިކަމާއެކު ގެންދިއުން.

3- ސާންޕަލް ކެރިއަރ ޙަވާލުވާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 4 ގަޑިއިރު ތެރޭގައި އަނބުރާ ހުސް ކެރިއަރ މ.ނާލާފުށީ ސިއްޙީ މަރުކަޒަށް ޙަވާލުކޮށްދިނުން.

4- އުޅަނދަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވަގުތަށް ސާންޕަލް ކެރިއަރ ރައްކާތެރިކަމާއެކު ކަނޑައަޅާ މަރުކަޒަކަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ބިޑް ކާމިޔާބު ކުރާ ފަރާތުގެ ޒިންމާއެއް.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 26 އޭޕްރިލް  2023 ވާ ބުދަ ދުވަހުގެ 11:00 އަށް މ.ނާލާފުށީ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 30 އޭޕްރިލް 2023 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މ.ނާލާފުށީ ޞިއްޙީމަރުކަޒަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

މައުލޫމާތް ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބުތަކާއި އަދި ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ވާހަކައާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6720010 ނަންބަރާއި ގުޅުއްވުން އެދެމެވެ.

13 އޭޕްރިލް 2023
ހޯދާ