މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެކައުންޓެންޓް

މިއޮފީހުގެ ނަންބަރު MPAO/I/2014/56-ފ216 (18 ޑިސެންބަރު 2014) އިޢުލާނަށް އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިއުލާން ކުރަމެވެ.

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:       އެކައުންޓެންޓް

ބޭނުންވާ އަދަދު:  1

މުސާރަ:      -/18,000ރ

އެލަވަންސް:    މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ގިނަވެގެން މަހަކު -/4,500ރ ގެ ނޮންޕްރެކްޓިސިންގ އެލަވެންސެއް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، އަދި އެސޯސިއޭޝަން އޮފް އެކައުންޓިންގ ޓެކްނީޝަންގެ (MAAT) ޕްރޮފެޝަނަލް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ، އޭ.ސީ.ސީ.އޭ، ސީމާ ނުވަތަ ސީ.ޕީ.އޭގެ ޕްރޮފެޝަނަލް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. އަދި އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިންް މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.  
  2. މައިކްރޯސޮފްޓް  އެކްސެލް، ކުއިކް ބުކްސްގެ އިތުރުން އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރ ރަނގަޅަށް ބޭނުންކުރަން އެނގުން.
  3. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން ސިޓީ، އީމެއިލް ނުވަތަ ފެކްސްއަކުން އައި.ޑީ. ކާޑުގެ ކޮޕީ، ސީ.ވީ.، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމެއް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3309908 (އެކްސްޓެންޝަން: 134، 335)

ފެކްސް: 3307759

އީމެއިލް: [email protected]

12 ޖަނަވަރީ 2015
ހޯދާ