ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ؛

1444 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރުގެ ތެރެއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކައުންސިލަށް ލިބިފައިވާ 172 ޕަކެޓް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، 1443 ވަނަ އަހަރު ހޯނޑެއްދޫ ފަޤީރުންގެ ރަޖިސްޓްރީގައިވާ 24 ގޭބިސީންކުރެ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ބެހުމަށްފަހު ބާކީވާ 148 ޕަކެޓް ކަދުރު ހުސްވަންދެން އެހެނިހެން ގޭބިސީތަކުން އެންމެ ފުރަތަމަ އަންނަ ފަރާތަށް އިސްކަންދޭ އުޞޫލުން ގޭބިސީއަކަށް 1 ޕަކެޓް ކަދުރެވެ.

ގޭބިސީތަކަށް ކަދުރު ބަހާނީ 2023 އެޕްރީލް 16 އިން 2023 އެޕްރީލް 19 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 – 12:00 އަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 އޭޕްރިލް 2023
ހޯދާ