މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި އިޢުލާންވަނީ 17 އޭޕްރިލް 2023 13:47 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު:

ޑްރައިވަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމެންޓް

މަޤާމުގެ ރޭންކު:

-

މަޤާމުގެ ކްލެސިފިކޭޝަން:

-

މަޤާމުގެ މުއްދަތު

1 (އެކެއް) އަހަރު.

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ (ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް)

މުސާރަ:

90.00 (ނުވަދިހަ ރުފިޔާ) މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް

ސަރވިސް އެލަވަންސް:

-

އެހެނިހެން އެލަވަންސް:

ހަމަޖެހިފައިވާ އުޞޫލުން ރަމަޟާން މަހުގެ ޢިނާޔަތް ދެވޭނެ އެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ހ- ސުޕަވައިޒަރު ( އތމ ކޮމެޓީ ) އަންގާ ގަޑިއަކަށް، ސަރަހައްދަށް ނުކުމެ އިޖުތިމާއީ ސަރަހައްދުން ނެހޭ ކުނި ކަނޑައެލިފައިވާ ސަރަހައްދު ތަކަށް ގެންދިޔުމާއި އުކާލުން.

މަޤާމުގެ ޝަރުޠުތައް:

ހ- އުމުރުން 65 އަހަރާއި 15 އަހަރާއި ދެމެދުގެ މީހަކަށްވުން.( 18 އަހަރުންދަށުގެ ކުދިންނަމަ ބެލެނިވެރިޔާގެ އިޢުތިރާޒު ނުކުރާކަމުގެ ލިޔުމެއް އޮތުން.)

ށ- ޖިސްމާނީގޮތުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

ނ- ޑްރައިވަރުގެ ގޮތުގައި ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން އެއްގަމު އުޅަދު ދުއްވުމުގެ ލައިސަންސް (ސީ 3 ނުވަތަ ސީ 4 ގެ ލައިސް) އޮންނަ ފަރާތެއްކަމުގައިވުން.

ރ- މަގާމުގެ އަސާސީ ސަރުތު:

  • ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގުން
  • ދިވެހިބަހުން ލިޔަން އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

އައިޑީ ކާޑު ކޮޕީ

ވަޒީފާއަށް އެދޭ ފޯމް

އެއްގަމު އުޅަދު ދުއްވުމުގެ ލައިސަންސް (ސީ 3 ނުވަތަ ސީ 4 )

މިގޭ ކުރިން މިބާވަތުގެ މަސައްކަތެއް މިއިދާރާގައި ކޮށްފައިނުވާ ނަމަ ތަޖުރިބާގެ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން                   %50 

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް    %5 

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ    %5 

އިންޓަވިއު                              %40 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޭޕްރީލް 17 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 އޭޕްރީލް 19 އިން 27 އޭޕްރީލް 2023 އާ ދެމެދު، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ނުވަތަ މިއިދާރާގެ ވެބުސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720601 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

މި މަޤާމުތަކުގެ މަސްއޫލިއްޔަތު ތަކާއިގުޅޭ އުޞޫލު މިއިދާރާގެ ވެބްސައިޓު http://www.mulah.gov.mv/gavaadhu-view/52 ގައި ޢާއްމުކުރެވިފައިވާނެ އެވެ.

އަދި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މުލަކު ކައުންސިލު އިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން (http://www.mulah.gov.mv/Uploads/Downloads/1663584527.pdf) ޑައުންލޯޑު ކުރެއްވޭނެއެވެ.

12 އޭޕްރިލް 2023
ހޯދާ