ރ. އަލިފުށީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ރ.އަލިފުށީ މެޖިސްޓްރޭޓް ކޯޓުގެ ޕޯޓިކޯ ހެދުމާއި ބައެއް މަރާމާތުކުރުން

މިކޯޓުގެ އިމާރާތައް ޕޯޓިކޯ އިތުރުކުރުމަށް ކުރެވުނު ދެވަނަ އިޢުލާން (E1C-A/2023/8، 2 އޭޕްރީލް 2023) އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

 މިކޯޓުގެ އިމާރާތައް ޕޯޓިކޯ އިތުރުކޮށް ބައެއް މަރާމާތު ކުރަންބޭނުންވާތީ ، މި ކޯޓުން ފޯރުކޮށްދޭ މައުލޫމާތާއި، ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 އޭޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި  ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މިމުއްދަތުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު  ނުލިބޭނެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް، ތިރީގައިވާ މަޢުލޫމާތުތައް ހިމެނުމަށްފަހު [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

  • ކުންފުނީ/ވިޔަފާރީގެ ނަމާއި، ރަޖިސްޓްރީ ނަންބަރު:
  • ވެރިފަރާތުގެ ނަމާއި، ދާއިމީ އެޑްރެސް:
  • ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް:

   މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 އޭޕްރީލް  2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި ރ. އަލިފުށީ މެޖިސްޓްރޭޓް ކޯޓުގައެވެ. މިމަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ އެމީހަކީ ވެރިފަރާތުން ފޮނުވި މީހެއްކަން އެނގޭނެފަދަ ލިޔުމަކާއި ހާޟިރުވާފަރާތުގެ އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.

   މިމަސައްކަތުގެ މަޢުލޫމާތު ޝީޓާއި، އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ކުރެހުން ސެޓް އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި،

 

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، [email protected]   އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ.

12 އޭޕްރިލް 2023
ހޯދާ