ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ލިފްޓް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މި ޑިޕާޓްމަންޓުގެ ފަރާތުން ވިލިނގިލީގައި ޢިމާރާތް ކޮށްފައިވާ ޖުޑީޝަލް ޓްރޭނިންގ ސެންޓަރގެ ލިފްޓް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު: K/2014/80-ފ198 (24 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން މަޢުލޫމާތު ހޯދުމަށް ހާޒިރުވެފައިވަނީ އެންމެ ދެފަރާތުން ކަމަށްވުމާއެކު، އެދެފަރާތުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، 2 ވަނަ ފަހަރަށް، މި ޑިޕާޓްމަންޓުގެ ފަރާތުން ވިލިނގިލީގައި ޢިމާރާތް ކޮށްފައިވާ ޖުޑީޝަލް ޓްރޭނިންގ ސެންޓަރގެ ލިފްޓް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

16 ރަބީޢުލްއައްވަލް 1436      

07 ޖަނަވަރީ 2015
ހޯދާ