މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

ޕްރޮޖެކްޓް ނަންބަރު:TES/2015/CA-01

 ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެދިލެއްވުމުގެ މަތިން، ކ. ވިލިނގިލީގައި ހުންނަ އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ސެންޓަރުގައާއި ފަޔަރ އެންޑް ރެސްކިއު ސެންޓަރުގައި މަސައްކަތް ކުރައްވާ އެމް.އެން.ޑީ.އެފް. ގެ ބޭކަލުންނަށް ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައި 22 ޖަނަވަރީ 2015ވާ ބުރާސްފަތި ދުވަހުގެ 14:30 ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ.

3. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 25 ޖަނަވަރީ 2015ވާ އާދީއްތަ ދުވަހުގެ 11:00ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައެވެ. ބިޑް ހުޅުވުން އޮންނާނީ 05 ފެބުރުވަރީ 2015ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4. މި ޕްރޮޖެކްޓުގެ ބީލަންފޮތް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.  

5. މިޕްރޮޖެކްޓްތައް ކާމިޔާބުކުރާ ފަރާތްތަކުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމު ކުރަންޖެހޭނީ ވިލިނގިލީގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

6. ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމަންޓް ބާޠިލު ކުރެވިއްޖެނަމަ، އެ އެގްރީމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1 އަހަރު ދުވަސް ވަންދެން އެކްސްޕީރިއެންސްގެ ބަޔަށް މާކްހެއް ނުދެވޭނެއެވެ.

7. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތް:

  • މާލީ ތަނަވަސްކަން (ދެވޭ ޖުމްލަ މާކްސް 30، ފާސްވާ މާކްސް 15)
  • ތަޖުރިބާ (ދެވޭ މާކްސް 20، ފާސްވާ މާކްސް 10)
  • ޓެކްނިކަލް (ދެވޭ މާކްސް 5)
  • މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)

8. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްކަށް މާކްސް ދެވޭ ގޮތުގެ އިތުރު ތަފުސީލު މިޕްރޮޖެކްޓްގެ މަޢުލޫމާތުޝީޓުގައި ހިމެނިފައިވާނެއެވެ.

07 ޖަނަވަރީ 2015
ހޯދާ