މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައްކާ ކާންދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

މުލީކޮޅު ރާޅުގަނޑު މުބާރާތުގެ އޮފިޝަލުންނާއި ބައިވެރިނަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދުން

މުލީ ކޮޅުރާޅުގަނޑު މުބާރާތް 03 މެއި 2023 އިން 07 މެއި 2023 އަށް މުލީގައި ކުރިއަށް ގެންދިއުމަށްވަނީ  ހަމަޖެހިފައެވެ. ވީމާ މިމުބާރާތުގެ އޮފިޝަލުންނާއި ބައިވެރިންނަށާއި، ސައިފޮދާއި ފަރިއްކޮޅު ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚް ތަކާއި، ގަޑިތަކުގައި މި އިދާރާއަށް ވަޑައިގެން  މަޢުލޫމާތު ސާފުކުރަށްވާ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުން

20 އޭޕްރީލް 2023

( ބުރާސްފަތި ) 10:00

މި އިދާރާ (މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ)

އަންދާސީ ހިސާބު ހުށަހެޅުން

24 އޭޕްރީލް 2023

( ހޯމަ) 10:00

މި އިދާރާ (މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ)

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.      

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

12 އޭޕްރިލް 2023
ހޯދާ