މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ކައުންސިލް ޤުރުއާން މުބާރާތާއިގުޅޭ

އިޢުލާން

1444  ކައުންސިލް ޤުރުއާން މުބާރާތާއިގުޅޭ

 

މިކައުންސިލުން ރ ވާދޫގެ ރަށްވެހިންނަށާއި، ވާދޫގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތްތަކަށް  އާންމުކޮށް ހުޅުވާލައިގެން މިހިނގާ 1444 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތް އޮންނާނީ، 2023 އޭޕްރީލް 23 ވާ އާދިއްތަ ދުވަހުއެވެ. މިމުބާރާތުގައި ކިޔަވަންޖެހޭ އުމުރުފުރާތަކާއި މުޤައްރަރު  މި އިޢުލާނާއިއެކު އާއްމުކުރެވިފައިވާނެއެވެ.

 

ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 އޭޕްރީލް 20 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން "މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް ޤުރުއާން މުބާރާތް – 1444 ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ރަސްމީ ވަގުތުތަކުގައި މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

 

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވުން އެދެމެވެ.

11 އޭޕްރިލް 2023
ހޯދާ