އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރ (އީ.އެކްސް 1) ހޯދުމަށް

ނަންބަރު: (IUL)38-CA/38/2023/155

އިޢުލާން

ރިޔާސީ އިންތިޚާބު 2023 ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރ (އީ.އެކްސް 1) ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)38-CA/38/2023/113 (13 މާރިޗު 2023) އިޢުލާނަށް ބޭނުންވާ ޢަދަދަށް މީހުން ކުރިމަތިލާފައިނުވާތީ، މި މަޤާމަށް މީހުން ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

 2023 ވަނަ އަހަރު ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ޙަރަކާތްތެރިވާނެ 80 (އަށްޑިހަ) ޓްރޭނަރުން ހޯދުމަށް ބޭނުންވެއެވެ.

 އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް 2023 ޖުލައި 15 އިން 2023 ޖުލައި 21 އަށް ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށް ގެންދެވޭނެއެވެ. ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީ.އޯ.ޓީގެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ މި ކޮމިޝަނުންނެވެ.

 އޮފިޝަލުން ތަމްރީނުކުރުން ކުރިއަށް ގެންދާނެ މުއްދަތު:

 އަތޮޅުތެރޭގައި: 2023 އޮގަސްޓު 19 އިން 2023 އޮގަސްޓު 31 އަށް

 މާލޭގައި: 2023 އޮގަސްޓު 19 އިން 2023 ސެޕްޓެންބަރު 5 އަށް

 އުޖޫރަ:

 ތަމްރީނުކުރުމުގައި މާލޭގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/700 ރުފިޔާ (ހަތް ސަތޭކަ)

 ތަމްރީނުކުރުމުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/900 ރުފިޔާ (ނުވަ ސަތޭކަ)

 ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމު ފުރިހަމަކޮށް، އޮފިޝަލް ޓްރެއިނިންގ ދީ ނިމުމުން -/1400 ރުފިޔާ (އެއްހާސް ހަތަރުސަތޭކަ) ދެވޭނެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 މޭ 10 ވާ ބުދަ ދުވަހުގެ 15:00ގެ ކުރިން މި ކޮމިޝަނަށް "ޓްރެއިނަރުންގެ އެޕްލިކޭޝަން ފޯމް - ރިޔާސީ އިންތިޚާބު 2023" ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލު ([email protected])  މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުނގަންނާ ދިނުމުގެ ފަންނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު

  1. މަސައްކަތާގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޟިލުކޮށްފައިވުން. ނުވަތަ،
  2. ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  3. ވޭތުވެ ދިޔަ އިންތިޚާބުތަކުގައި ޓްރެއިނަރަކަށް އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަސްއޫލިއްޔަތު

  • ރިޔާސީ އިންތިޚާބު 2023 ގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީންކުރުމާ އިންތިޚާބާ ގުޅިގެން އޮބްޒާވަރުން، ކެންޑިޑޭޓުންގެ މަންދޫބުން އަދި މޮނީޓަރުންގެ މައުލޫމާތު ސެޝަންތައް ކުރިޔަށް ގެންދިއުން.
  • އިންތިޚާބު ނިމުމުން މަސައްކަތް ހިނގައި ދިޔަގޮތާބެހޭ ރިޕޯޓެއް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.
11 އޭޕްރިލް 2023
ހޯދާ