ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިން ޕާކުގެ ވޯކްވޭ މަސައްކަތް

އިޢްލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

      ދ.މާއެނބޫދޫ ކައުންސިލުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް ދ.މާއެނބޫދޫ ކުޑަކުދިން ޕާކުގެ ވޯކްވޭގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

އިތުރު މަޢުލޫމާތު

  • މަޢުލޫމާތު ދިނުން އޮންނާނީ 2023 އޭޕްރީލް 16 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2023 އޭޕްރީލް 19 ވާ ބުދަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
  • އަންދާސީ ހިސާބު ހުށަހަޅާއިރު ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • މަސައްކަތް ހަވާލްކުރެވޭނީ ކައުންސިލްއިދާރާގެ އިވެލުއޭޝަން ކޮމެޓީން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެގިނަ މާކްސްލިބޭ ފަރާތަކަށެވެ.
  • ލިބޭމާކްސް އެއްވަރުވެއްޖެނަމަ މާކްސް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުލައި ލިބުނު ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ އަގަށް

% 85

މުއްދަތަށް

% 10

ތަޖުރިބާ (މާކުސް ދެވޭނީ ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުން ދޫކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ހުށަހަޅާ 5 ލިޔުމަށް ކޮންމެ ލިޔުމަކަށް 1 މާކުސް މަގުން ގިނަވެގެން 5 މާކުސްއެވެ.) މަސައްކަތާއި ގުޅުންހުރި ދާއިރާކަމުގައި ބަލާނީ ރޭނުމާއި، ސިމެންތިޖެހުމާއި، ކޮންކުރީޓް ކުރުންފަދަ މަސައްކަތްތަކަށެވެ.  

% 5

އިތުރުމަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

11 އޭޕްރިލް 2023
ހޯދާ