ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކީސްޓޭޖު 1 އާއި 2 (ގުރޭޑު 1ން 6އަށް) ގެ ދަރިވަރުން ކިޔަން ބޭނުންކުރާނެ ދިވެހިބަހުގެ ފޮތްތަކެއް ހޯދުމާ ގުޅޭ

ކީސްޓޭޖު 1 އާއި 2 (ގުރޭޑު 1ން 6އަށް) ގެ ދަރިވަރުން ކިޔަން ބޭނުންކުރާނެ ދިވެހިބަހުގެ ފޮތްތަކެއް ހޯދުމާ ގުޅޭ

 

އިޢުލާން 

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގާ ލޭމްޕް ޕްރޮޖެކްޓުން ރާއްޖޭގެ ސްކޫލުތަކުގެ ކީސްޓޭޖު 1 އާއި 2 (ގުރޭޑު 1ން 6އަށް)ގެ ދަރިވަރުން ކިޔަން ބޭނުންކުރާނެ ދިވެހިބަހުގެ ފޮތްތަކެއް  މިއިންސްޓިޓިއުޓަށް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި ޕްރޮޖެކްޓަށް ފޮނުވާނެ ފޮތްތަކެއް ކަނޑައެޅުމަށްޓަކައި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކީސްޓޭޖު 1 އާއި 2 (ގުރޭޑު 1ން 6އަށް)ގެ ދަރިވަރުންގެ ޢުމުރާ ގުޅޭ ގޮތަށް ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް މި އިންސްޓިޓިއުޓަށް ފޮނުވައިދެއްވުން އެދެމެވެ. މިފޮތްތައް ދިރާސާކުރުމަށްފަހު އަނބުރާ ހަވާލުކުރެވޭނެއެވެ.

މިގޮތުން ލިބޭ ފޮތްތަކުގެ ތެރެއިން ޗާޕުކުރާނީ އެން.އައި.އީ ގެ ފަންނީ ޓީމަކުން ފޮތްތައް ބެލުމަށްފަހު ހޮވައިލެވޭ ފޮތްތަކެއްކަމުގައި ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 އޭޕްރިލް 18 ވަނަދުވަހުގެ 13:00 ކުރިން ފޮތްތައް މިއިންސްޓިޓިއުޓަށް ހުށައެޅުމަށް ދެންނެވީމެވެ.

 

މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން

ސްޓާރ ކްލައުޑްސް ބިލްޑިންގ (މ.ޗަނބޭލީވިލާ) 05 ވަނަ ފަންގިފިލާ

މަޖީދީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3023540 / 7993575

އީ-މެއިލް: [email protected]

20 ރަމަޟާން 1444

11 އޭޕްރިލް 2023
ހޯދާ