އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ސްކީމް އިންފޮމޭޝަން ރިޕޯޓިންގ ފްރޭމްވޯރކް ތައްޔާރުކުރުމުގެ ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: ASND/GA/IUL/2023/14


 

މިކުންފުނީގެ ސްކީމް އިންފޮމޭޝަން ރިޕޯޓިންގ ފްރޭމްވޯރކް ތައްޔާރުކުރުމުގެ ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާ ގުޅޭ TOR މި އިޢްލާނާއިއެކު ގެޒެޓު އަދި މި ކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 އޭޕްރިލް 2023 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް ހަމަޖެހިފައިވާ ސުންގަޑި ހަމަވާއިރު، މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ، މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރެވޭނެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ބައްދަލުވުމެއް 20 އޭޕްރިލް 2023 ވާ  ބުރާސްފަތި ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އޮންނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. 

27 އޭޕްރިލް 2023 ވާ  ބުރާސްފަތި ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

10 އޭޕްރިލް 2023

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483      

10 އޭޕްރިލް 2023
ހޯދާ