މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަވަންދޫގައި ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

2023 އެޕްރީލް 17 ވާ ހޯމަދުވަހުގެ 11:00

ޕްރޮޕޯސަލް ހުށަހެޅުއްވުން

2023 މޭ 02 ވާ އަންގާރަދުވަހުގެ 13:00

ޕްރޮޕޯސަލްއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

ހުވަނދުމާމަގު، ބ. ދަރަވަންދޫ، 06060، ދިވެހިރާއްޖެ.

ފޯން: 6602514، 6602519

އީމެއިލް: [email protected]

 

10 އޭޕްރިލް 2023
ހޯދާ