މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
[އީސޯޓެރިކް އީކޯ ކަލްޗަރަލް ޓުއަރ – ނ. ކުޑަފަރި]

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކުޑަފަރީގެ ރަށުގެ ޤުދުރަތީ މާޙައުލާއި، ވެއްޓާ ގުޅިލާމެހިފައިވާ ދިރިއުޅުމާއި މިލިއުޅުމުގެ ސިފައާއި އާދަކާދައާއި ސަގާފަތް ތަޢާރަފުކުރުމުގެ ތެރެއިން އިޖުތިމާޢީ އިޤުތިޞާދީ ފުރުޞަތު ފަހިކުރުމުގެ މަޤުޞަދު ގައި އީސޯޓެރިކް އީކޯ ކަލްޗަރަލް ޓުއަރގެ ނަމުގައި ޓުއާއެއް ތަޢާރަފުކޮށް ހިންގުމުގެ ތައްޔާރީތައް މި އަންނަނީވަމުންނެވެ.

މި ޓުއަރ މި ކައުންސިލާ ގުޅިގެން ހިންގާން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކާ އެކު ބޭއްވޭ ބައްދަލުވުމެއް 2023 އެޕްރިލް 12 ވާ ބުދަ ދުވަހުގެ މެންދުރު 11:00 ގައި ކައުންސިލް އިދާރާ ގައި ކުރިއަށްދާނެއެވެ. ދެންނެވިފައިވާ ގަޑިއަށް ކައުންސިލް އިދާރާއަށް ހާޒިރުވެ ދެއްވުން އެދެމެވެ.

09 އޭޕްރިލް 2023
ހޯދާ