އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ފެންފުށީ ޒުވާނުންގެ 1 ވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލުން

ފެންފުށީ ޒުވާނުންގެ 01 ވަނަ  ފުޓްބޯޅަ މުބާރާތް 19 މޭ 2023 ގައި ބޭވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތު ގައި ބައިވެރިވުމަށްއެދޭ ޓީމްތަކުން 20 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އދ. ފެންފުށީ ޒުވާނުންގެ 1 ވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މުބާރާތުގައި ބެއިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

             މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމްއާއިއެކު ޓީމް ބައިވެރި ވުމަށްނަގާ އިދާރީ ފީއެއްގެ ގޮތުގައި 2000 (ދެހާސް ރުފިޔާ) ނެގޭނެއެވެ. އިދާރީ ފީގެ ގޮތުގައި ދައްކާ ފައިސާ ޓީމް ބައިވެރި ނުވިކަމުގައިވީ ނަމަވެސް ރީފަންޑް ނުކުރެވޭނެއެވެ.

 ވީމާ، 20 އޭޕްރިލް 2023 ވަނަ ދުވަހު 13:00 ގެ ފަހުން ހުށަހަޅާ ފޯމްތަށް ބަލައި ނުގަންނާނެވާހަކަ ދެންނެވީމެވެ. އަދި މުބާރާތުގައި ބައިވެރި ވާން ފޯމް ހުށަނާޅާ ޓީމަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ ވާހަކަވެސް ދެންނެވީމެވެ.

09 އޭޕްރިލް 2023
ހޯދާ