ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްރަޙްމާން މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމާއި ގުޅޭ

އިޢުލާން

މަސްޖިދުލްރަޙްމާން މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމާއި ގުޅޭ

 މިރަށު މަސްޖިދުލްރަޙްމާން މިސްކިތުގައި ސޯލާ ހަރުކުރުމަށް ތިރީގައިމިވާ ތަފްސީލްތަކާއި އެއްގޮތްވާ ގޮތުގެމަތިން އަމިއްލަ ތަކެތީގައި މިރަށު މަސްޖިދުލްރަޙްމާން މިސްކިތުގައި ސޯލާޕެނަލް އިންސްޓޯލްކޮށް ނެޓް މީޓަރ ހަރުކުރުމާއި ގުޅޭ އެންމެހައި ކަންކަން ކޮށްދެވޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން  11 އެޕްރީލް 2023ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކްއިން ރަޖިސްޓްރީވުމަށްފަހު(https://forms.office.com/r/4bvTKi8kPK ) 12 އެޕްރީލް 2023ވަނަ ދުވަހު މަޢުލޫމާތު ދިނުމަށް އޮންލައިންކޮށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވެ އޭޕްރިލް 20 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާ ދުރުވެ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގެ ލިންކް ހިއްސާކުރެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީނުވެ ބައްދަލުވުމައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެއެވެ.

16KW Three Phase Grid Tied Roof to PV System photovoltaic Module(500W)

Cell per module: 150 Cells

Module Efficiency: 20.7%

Type: Monocrystalline

 

 

 

 

 

 

އިތުރު މަޢުލޫމާތު:

  • އަންދާސީ ހިސާބު ހުށަހަޅާއިރު މަސައްކަތް ކުރުމަށް ހިނގާނެކަމަށް ލަފާކުރެވޭ އަގާއި، މުއްދަތު އަދި ހުށަހަޅާފަރާތުގެ ސޮއި ޖަހާފައި އޮންނަންވާނެއެވެ. (މި މަޢުލޫމާތު ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ.)
    • ގަޑި ޖެހުމުގެ ކުރިން އަދި ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. ކޮންމެ ފަރާތަކަށް ހުށަހެޅޭނީ ގިނަވެގެން 1 އަންދާސީ ހިސާބެވެ.
    • އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) އަދި 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
    • ހުށަހަޅާ އަންދާސީ ހިސާބަށް (ވެލިޑިޓީގެ ގޮތުގައި) 90 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް ލިބިއްޖެނަމަ ހުށަހަޅާފައިވާ އަގުތަކުގައި މަސައްކަތް ކޮށްދޭންވާނެއެވެ.
    • އަންދާސީ ހިސާބާއިއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
    • އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ގަޑި ޖެހުމުގެ ކުރިން ހުށަހަޅަންވާނެއެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް؛

މަސައްކަތުގެ އަގު %80

އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް

ވޮރެންޓީ %5

މައްސަލައެއް ދިމާވެއްޖެ ނަމަ ހައްލުކޮށްދޭނެ މުއްދަތަށް ޕޮއިންޓް ދޭގޮތަށް.

ޤާބިލްކަން %5

މި ދާއިރާގެ މަސައްކަތްކުރާ ބައެއްކަން އަދި ޤާބިއްލިއްޔަތު ހުރުމިންވަރު ބެލުމަށް ފަހު ޕޮއިންޓް ދޭގޮތަށް.

މުއްދަތު %5

އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް

ތަޖުރިބާ %5

ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލައިގެން ގިނަ ލިޔުންތައް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް (މިގޮތުން ޕޮއިންޓް/މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ގިނަވަގެން 5 ލިޔުމަށް، ލިޔުމަކަށް 1 ޕޮއިންޓް/މާކްސް ލިބޭގޮތަށް)

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 އޭޕްރިލް 2023
ހޯދާ