ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން/ޕްރޮޕޯސަލް ހުށަހެޅުމަށްދޭ ދަޢުވަތު:

އިޢުލާން

ބީލަން/ޕްރޮޕޯސަލް ހުށަހެޅުމަށްދޭ ދަޢުވަތު:

ފެލިދެ އަތޮޅު ފުލިދޫގައި ކުނިމެނޭޖްކުރުން ހަރުދަނާ ކުރުމަށްޓަކައި ކުނި އުކާދިނުމާއި ކުނި ނައްތާދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުން

 

ޕްރޮޖެކްޓްގެ ނަން: ވ.ފުލިދޫގައި ކުނިއުކައި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުން.

އެއްބަސްވުމުގެ ނަން: ކުނި އުކައިދިނުމާއި ނައްތާދިނުމުގެ ޚިދުމަތް ފޯރުކޮށް ދިނުން.

                

        ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން، ވ.ފުލިދޫގައި 01 މެއި 2023 ން 31 ޑިސެންބަރު 2023 ގެ ނިޔަލަށް ގޭބިސީ ތަކާއި، ވިޔަފާރި ކުރާ ތަންތަނާއި، ސަރުކާރުގެ އިދާރާތަކާއި، އާންމު ތަންތަނުން ކުނި ނަގައި އުކައި ދިނުމާއި އަދި ކުނިކޮށްޓަށް ޖަމާ ކުރާ ކުނި ނައްތާލުމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައި ލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ.

 

  1. ބީލަމުގައި ބައިވެރުވުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ މަޢުލޫމާތު ބީލަން ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 09/04/2023 ދުވަހުން ފެށިގެން ބީލަން ސުންގަނޑި ހަމަވާދުވަހުގެ 3(ތިނެއް) ދުވަސްކުރީން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް މި އިދާރާއަށް ހުށަހަޅައި ނުވަތަ މި އިދާރާގެ ރަސްމީ އީ-މެއިލް މެދުވެރިކޮށް ހުށަހަޅައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރާންވާނެއެވެ. އިދާރާއަށް ވަޑައިގެން ރަޖިސްޓަރީ ކުރެވޭނީ   ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އާއި 11:30 އާއި ދެމެދުއެވެ.

 

  1. ބީލަންހުށަހަޅާނީ ސިޓީއުރައިގައި ރަނގަޅަށް ބަންދުކުރުމަށްފަހުގައެވެ.

 

  1. ބީލަން ކުރިއަށް ގެންދާނީ ޤަވާޢިދު ނަންބަރު: R-20/2017 "ދައުލަތުގެ މާލިއްޔަތު ޤަވާޢިދު"އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މި ޤަވާޢިދުގައި ބަޔާން ކުރެވިފައިވާ ގޮތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ޝަރުޠު ހަމަވާ،ދިވެހިރާއްޖޭގެ ބީލަންވެރީންނަށް ހުޅުވާލެވިފައެވެ.

 

  1. ޝައުޤުވެރިވާ  ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބީލަން ފޮތް ބައްލަވާލެއްވުމަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އާއި 13:00 ދެމެދު ގުޅުއްވާނީ ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ :

ސަމާލުކަމަށް: ޕްރޮކިއުމަންޓް އޮފިސަރ/ ޢަބްދުﷲ ޖަލީލް، ސީނިއަރ ފައިނޭންސް އޮފިސަރސ

އެޑްރެސް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލް/ގްރައުންޑް ފްލޯރ/ސޯސަންމަގު

އަތޮޅާއި ރަށް: ވ.ފުލިދޫ

ޒިޕް ކޯޑް:10010

ޤައުމު: ދިވެހިރާއްޖެ

ފޯނު ނަމްބަރު:9606706529+

އީމެއިލް: [email protected]

 

 

  1. ބީލަން ފޮތް ދޫކުރުން:

 

  • ބީލަން ފޮތް ދޫކުރެވޭނީ 09/04/2023 ދުވަހުން ފެށިގެން ބީލަން ސުންގަނޑި ހަމަވާދުވަހުގެ 3(ތިނެއް) ދުވަސްކުރީން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް މި އިދާރާއަށް ހުށަހަޅައި ނުވަތަ މި އިދާރާގެ ރަސްމީ އީ-މެއިލް އެޑްރެސް މެދުވެރިކޮށް ހުށަހަޅައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.

 

  • ބީލަން ފޮތް، އީމެއިލްގެ ޒަރީއާއިން ނުވަތަ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން ލިބިލައްވާނެއެވެ. 

 

 

  1. ބީލަންތައް ހުށަހެޅުން:

 

  • ބީލަންތައް ހުށަހަޅާނީ މަތީގައިވާ(5. ގައި ބަޔާންކޮށްފައިވާ) އެޑްރެހަށެވެ.
  • ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ" 20 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އެވެ".

ބީލަމުގެ ސުންގަނޑި ހަމަވުމުން، ބީލަން ހުޅުވާ ޖަލްސާގައި ބައިވެރިވުމަށް ޚިޔާރުކުރާ ބީލަންވެރީންގެ މަންދޫބުންގެ ހާޟިރުގައި، ވަގުތުން ބީލަންތައް ހުޅުވޭނެއެވެ.

 

  1. ބީލަން ހުށަހަޅާއިރު ބިޑް ސެކިއުރިޓީއެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

  1. ބީލަންތައް ތައްޔާރުކުރުމާއި، ބީލަން ހުށަހެޅުމަށް ކުރާ އެއްވެސް ޚަރަދަކަށް ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.
09 އޭޕްރިލް 2023
ހޯދާ