ދިވެހިރާއްޖެ
ކޯހުގެ ނަން : ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް
މުސާރަ: މި ކޯހަކީ ކޯޕްރޭޓް އުސޫލުން ހިންގާ ކޯސްތަކަށް ވުމާއިއެކު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކިޔަވައިދޭ ކޮންމެ ގަޑިއިރަކަށް -/250ރ ގެ މަގުން ފައިސާ ދެވޭނެއެވެ.
ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް ކޯހުގެ ތިރީގައި މިދަންނަވާ މޮޑިއުލްތަކަށް ލެކްޗަރަރއިން ބޭނުންވެއްޖެ.
މޮޑިއުލް، ޝަރުތު އަދި ކިޔަވައިދޭ ގަޑި؛
މޮޑިއުލް:
- ސްޓަޑީ ސްކިލްސް (03 މެއި 2023 އިން 24 ޖޫން 2023)
- ރިސްކް އެންޑް އެމަރޖެންސީ ޕްރިޕެއާޑްނަސް (1 އޮކްޓޫބަރ 2023 އިން 09 ނޮވެމްބަރު 2023)
- ލީޑަރޝިޕް އެންޑް ސެކިޔުރިޓީ މެނޭޖްމަންޓް (19 ނޮވެމްބަރ 2023 އިން 21 ޑިސެމްބަރ 2023)
- ލޯ (7 ޖެނުއަރީ 2024 އިން 08 ފެބްރުއަރީ 2024)
- އޮކިޔުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ (11 ފެބްރުއަރީ 2024 އިން 18 އޭޕްރީލް 2024)
- މެނޭޖިންގ ސެކިޔުރިޓީ އޮޕަރޭޝަން (21 އޭޕްރީލް 2024 އިން 9 މޭ 2024)
- ސެކިޔުރިޓީ ރިސްކް މެނޭޖްމަންޓް (12 މޭ 2024 އިން 13 ޖޫން 2024)
- ސެކިޔުރިޓީ އޮފް އެސެޓް (31 ޖުލައި 2024 އިން 5 ސެޕްޓެމްބަރ 2024)
ޝަރުތު:
- ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީ ހާސިލް ކޮށްފައިވުން.
މަސައްކަތް ކުރުމަށް ކަނޑައެޅިފައިފައިވާ ވަގުތު:
- ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ 16:30 ން 22:00 އަށް
ސުން ގަޑި:
މޮޑިއުލްތައް ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ސިޓީއަކުން ނުވަތަ އީމެއިލްގެ ޒަރީއާއިން ސީ.ވީއާއިއެކު މި ކޮލެޖުގެ އީ-މެއިލް އެޑްރެސް [email protected] އަށް 2023 އޭޕްރީލް 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވުން އެދެމެވެ.
*މި ކޯހުގައި ހިމެނޭ މޮޑިއުލްތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ތާރީޚްތަކާއި ގަޑިތަކުގެ ތަފްޞީލް މި އިޢުލާނަށް އެއްކަރުދާސްކުރެވިފައިވާނެއެވެ.
ނޯޓް: މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ ގުޅުއްވާނީ އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަހީދު (ފޯން ނަންބަރ: 9921071) އާއި އެވެ.
09 އޭޕްރީލް 2023