މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ހުއްދަ ނުނަގައި ދިރާސާކުރުން

 

މި މިނިސްޓްރީގެ ގަވާއިދު ނަންބަރު 2020/R-100 " ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާބެހޭ ގަވާއިދު" އާ ޚިލާފަށް، މި މިނިސްޓްރީން ހުއްދަ ހޯދުމެއް ނެތި، ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް ކުރަމުން ދާކަން މިނިސްޓްރީއަށް ވަނީ ފާހަގަވެފައެވެ. އަދި ދިރާސާކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، މިނިސްޓްރީން ހުއްދަ ލިބުމުގެ ކުރިން ބައެއް ފަރާތްތަކުން ދިރާސާ ގެ މަސައްކަތްތައް ފަށައި ކުރިއަށް ގެންދާކަންވެސް މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ.  

އިސްވެދެންނެވުނު ގަވާއިދުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކުން، އެދިރާސާއެއް ކުރަން ފަށަން ގަސްތުކުރާ ތާރީޚުގެ މަދުވެގެން 2 (ދޭއް) މަސްދުވަހުގެ ކުރިން ދިރާސާކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. އަދި ޞައްޙަ ހުއްދައެއް ނެތި އެފަދަ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރުމަކީ މަނާކަމެކެވެ.

ވީމާ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާއެއް ނުވަތަ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާއެއް ކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މިނިސްޓްރީގެ ރިސަރޗް ޕޯޓަލް https://marineresearchpermit.egov.mv މެދުވެރިކޮށް ހުއްދަ ހޯދުމަށް އެންމެހައި ފަރާތްތަކަށް ހަނދުމަކޮށްދެމެވެ.

 

06 އޭޕްރިލް 2023
ހޯދާ