މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިމެއް ކުއްޔަށް ދިނުމާބެހޭ

މިރަށު ބަނދަރުގެ ހުޅަނގު ދެކުނުކޮޅުގައި ( ކުޅިވަރުބިމާޖެހިގެން އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ ) އޮތް ބިމުން 25000 އަކަފޫޓުގެ ބިމެއް CSR ކޮމްޕޯނެންޓުގެ ދަށުން މިނީޓަރފް ދަނޑެއް ހަދައި ކޮމްޕްލީޓް ކޮށްދޭނެ ފަރާތަކަށް ވިޔަފާރި އުޞޫލުން ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން " ކުލީބިމަށް އެދޭފޯމު " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، 15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. " ކުލީބިމަށް އެދޭފޯމު " ވިއްކާ އަގަކީ -/500ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ. ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ، 6 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުން ފެށިގެން 13 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހާހަމައަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން 12:00 އާ ހަމައަށެވެ.

ފޯމު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމުތައް ބަލައިގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

               14 ރަބީޢުލްއައްވަލް 1436

05 ޖަނަވަރީ 2015
ހޯދާ