ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ޑިޒައިނިންގ އޮފިސަރ 

 ބޭނުންވާ އަދަދު:

 02 (ދޭއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 1

 މުސާރަ:

 މަހަކު  5500.00ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އެހެނިހެން އެލަވަންސް: 2200.00 ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - ގްރެފިކްސް ޑިޒައިން އިން ނުވަތަ މަލްޓިމީޑިއާގެ ދާއިރާއިން ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާއި ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ،

 - މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 5 ގެ  ސަނަދެއް ޙާސިލުކޮށްފައިވުން.

 - ވީޑިއޯ ކްލިޕްތަކާއި ވީޑިއޯ ރިޕޯޓްތައް އެޑިޓްކޮށް ހެދުމާއި ކުރު ކްރިއޭޓިވް އެނިމޭޝަންތައް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - ކޮންސެޕްޓްތަކާއި އާޓްވޯކްސްގެ އިނިޝިއަލް ލޭއައުޓް ފަރުމާކޮށް އޭގެ ރިވިޝަންތައް ނިންމާ ހަވާލުކުރުން

 - ޕްރިންޓް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ފަދަ ތަފާތު މީޑިއަމްތަކަށް ބޭނުންވާ ވިޝުއަލް މެޓީރިއަލް ކޮންސެޕްލައިޒްކޮށް، ޑިޒައިންކޮށް، ޑިވަލޮޕްކުރުން.

 - މާކެޓިންގ ކެމްޕެއިންތައް ހިންގުމަށް ޓީމުގެ އެހެން މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރުން.

 - ޓާގެޓް އޯޑިއަންސް އެންގޭޖްކޮށް ކީ މެސެޖިން ފޯރުކޮށްދޭ ވިޝުއަލް ޑިޒައިންތައް އުފެއްދުން.

 - ހުރިހާ ޗެނަލެއްގައި ވެސް ކޮންސިސްޓެންސީ ކަށަވަރު ކުރުމަށް ބްރޭންޑް ގައިޑްލައިންތަކާއި ވިޝުއަލް ސްޓޭންޑަޑްތައް އެކުލަވާލައި ބެލެހެއްޓުން.

 - އިމަރޖިންގ ޑިޒައިން ޓްރެންޑްތަކާއި ޓެކްނޮލޮޖީއާއިއެކު އަޕްޑޭޓްވެ، އެކަށީގެންވާ ގޮތެއްގައި ޑިޒައިންތަކުގައި ހިމެނުން.

 - ކުންފުނީގެ ބްރޭންޑިންއާ ގުޅުންހުރި މަސައްކަތްތައް ރާވައި ހިންގުން. 

 - ވެބްސައިޓާއި ސޯޝަލް މީޑިއާ ކޮންޓެންޓާއި ބްރޯޝާ، ކެޓަލޮގްތަކާ ގުޅުންހުރި ޑިޒައިން މަސައްކަތްތައް ކުރުން

 - ކޮންސެޕްޓް ސްޓޭޖުން ފެށިގެން ފައިނަލް ޑިޒައިންތައް އުފައްދައި، ކްރިއޭޓިވް ކޮންސެޕްޓްތަކެއް ހެދުން.

 - ވީޑިއޯ އަދި ފޮޓޯގްރަފީއަށް ބޭނުންވާ ޑިޒައިން އިންޕުޓް ފޯރުކޮށްދިނުން.

 - އުފައްދާ ހުރިހާ ޑިޒައިނެއް އާކައިވްކޮށް ބެލެހެއްޓުން.

 ސުންގަޑި:

 - މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 12 އޭޕްރިލް 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 - ވަޒީފާތަކަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

 އިންޓަވިއު:

 މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރިލް މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

             14 ރަމަޟާން 1444   

05 އޭޕްރިލް 2023
ހޯދާ