މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މިސަރވިސް އިން ދޭ މަޢުލޫމާތާ އެއްގޮތަށް މިސަރވިސްގެ ޖަލުތަކުގައި ތިބޭ ޤައިދީން ގަތުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު: IUL)167-E/1/2014/45) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބައެއް އައިޓަމްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އަލުން އިޢުލާން ކުރަމެވެ.

މިސަރވިސް އިން ދޭ މަޢުލޫމާތާ އެއްގޮތަށް މިސަރވިސްގެ ޖަލުތަކުގައި ތިބޭ ޤައިދީން ގަތުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. (މިތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ފޮތް، ގަލަން ފަދަ ސްޓޭޝަނަރީއާއި، ސޮފްޓް ޑްރިންކާއި، ފެންވަރާ ރީތިވުމަށް ބޭނުންވާ ސާމާނާއި، ސިނގިރޭޓް ފަދަ ތަކެއްޗެވެ. އަދި މިނޫނަސް ޖަލަށް ވެއްދުމަށް ހުއްދަ އޮންނަ ތަކެތި ސަޕްލައިކޮށްދޭންވާނެއެވެ.)

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

14 ޖަނަވަރީ 2015

ބުދަ

12:00

އަންދާސީހިސާބު ހުށަހެޅުއްވުމަށް

21 ޖަނަވަރީ 2015

ބުދަ

12:00

13 ރަބީޢުލްއައްވަލް 1436

04 ޖަނަވަރީ 2015
ހޯދާ