މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
200 ހޯސްޕަވަރުގެ އައުޓް ބޯޑް ޓްވިން އިންޖީނުތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ސީ އެމްބިއުލާންސްގެ ގޮތުގައި މަރާމާތުކުރާ ލޯންޗްތަކަކަށް ބޭނުންވާ 200 ހޯސްޕަވަރުގެ އައުޓްބޯޑު ޓްވިން އިންޖީނުތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ސަޕްލައިކޮށްދޭން އެދޭ ފަރާތްތަކުން 12 ޖަނަވަރީ 2015 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 15 ޖަނަވަރީ 2015 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

15 ރަބީޢުލްއައްވަލް 1436

06 ޖަނަވަރީ 2015
ހޯދާ