މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުވެހީގެ ވަށާފާރު މަރާމާތުކުރުމާއި ކުލައާކުރުމުގެ މަސައްކަތް

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި އިދާރާގެ ބެލުމުގެ ދަށުގައިވާ އަތޮޅުވެހީގެ ވަށާފާރު މަރާމާތުކުރުމާއި ކުލައާކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)227-ID/227/2023/20 (‏15‏ މާރޗް 2023) އިޢުލާނާއި ގުޅިގެން ބީލަން ހުށައަޅުއްވާފައިވަނީ އެއްމެފަރާތަކުން ކަމަށް ވުމާއި، އަދި އެފަރާތުން ހުށައެޅުއްވި އަގު ކައުންސިލުން މިޕްރޮޖެކްޓަށް ފާސްކޮށްދެއްވާފައިވާ ބަޖެޓައްވުރެ ބޮޑުވުމާއި ގުޅިގެން، އެއިޢުލާން ބާޠިލުކޮށް، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ‏2023‏ އޭޕްރިލް‏ 09ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.
  3. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv/beelan)އިން ‏ ‏ ‏2023‏ އޭޕްރިލް‏ 09 ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  4. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ‏2023‏ އޭޕްރިލް‏ 11ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  ސިޓީއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ‏2023‏ އޭޕްރިލް‏ 11 ވާ އަންގާރަ ދުވަހުގެ 14:00ގެ  ކުރިން، ބީލަމުގައި ބައިވެރިވެލެއްވުމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި  ފޮނުވޭނެއެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2023‏ އޭޕްރިލް‏ 13ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
  6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]، ކޮޕީ: [email protected]

05 އޭޕްރިލް 2023
ހޯދާ