ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތީމުގައި ރީ-ބްރޯޑް ކާސްޓް ކުރުމުގެ ޚިދުމަތް ދިނުމާއި ބެހޭ

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށުގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ރީ-ބްރޯޑް ކާސްޓް ކުރުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށާއި އަދި ލައިސަންސް އޮތް ފަރާތްތަކާއި ގުޅިގެން މި ޚިދުމަތް ދިނުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މަޢުލޫމާތު ދިނުން

ފޯމް ހުށަހެޅުން

13 އޭޕްރީލް 2023، ބުރާސްފަތި

މެންދުރު 13:00

20 އޭޕްރީލް 2023، ބުރާސްފަތި

މެންދުރު 13:00

 

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން "ހއ. އުތީމުގައި ރީ-ބްރޯޑް ކާސްޓް ކުރުމުގެ ޚިދުމަތަށް އެދޭ ފޯމް" ފުރިހަމަ ކުރައްވައި ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަން މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ވަޑައިގަންނަވާ ހައިޞިއްޔަތު އެނގޭނެ ލިޔުމެއް ހިތްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.                              

04 އޭޕްރިލް 2023
ހޯދާ