ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ގުރައިދޫ ސަހަރާއާއި ޕާކުތަކާއި ބީޗްތަކާއި ދަނޑުތައް އަދި އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ އުޞޫލު

ތަޢާރަފް

1.

(ހ) މިއީ، ކޮޅުމަޑުލު ގުރައިދޫގެ ސަހަރާއާއި ޕާކްތަކާއި ބީޗްތަކާއި އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުމަށް ޝައުގުވެރިޔާ ފަރާތްތައް ހޯދައި އެފަދަ ފަރާތްތަކާއި ގުޅިގެން ކޮޅުމަޑުލު ގުރައިދޫގެ ޕާކްތަކާއި ބީޗްތަކާއި އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް، ބެލެހެއްޓުމުގެ ކަންކަން ކުރިޔައް ގެންދާނެ ގޮތުގެ އުޞޫލެވެ.

 

 

(ށ) މި އުޞޫލަށް ކިޔަނީ " ކޮޅުމަޑުލު ގުރައިދޫ ސަހަރާއާއި ޕާކުތަކާއި ބީޗްތަކާއި ދަނޑުތައް އަދި އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ އުޞޫލު" އެވެ.

 

ޢަމަލުކުރަން ފަށާ ތާރީޙް

2.

މި އުޞޫލަށް އަމަލުކުރަންފަށާނީ މި އުޞޫލު ކައުންސިލުން ފާސްކޮށް އާންމުކޮށް އިޢުލާންކުރާ ދުވަހުން ފެށިގެންނެވެ.

 

މި އުޞޫލަށް އަމަލުކުރަން ފަށާއިރު އަމިއްލަ ފަރާތްތަކުން ބަލަހައްޓަމުންދާ ތަންތަން

3.

(ހ) މި އުޞޫލާ އެއްގޮތަށް ޢަމަލުކުރަން ފަށާއިރު އެހެނިހެން ފަރާތްތަކާއި ކައުންސިލާއެކު ވެފައިވާ އެއްބަސްވުންތައް ބަލައި، 60 ދުވަސް ތެރޭގައި މި އުޞޫލަށް ފެތޭގޮތަށް އެއްބަސްވުންތަކަށް  ބަދަލުގެންނަން ވާނެއެވެ. މި ގޮތަށް މި ޢުސޫލުގައިވާ ކަންކަމަށް އެއްބަސްނުވާ ފަރާތްތަކުގެ އެއްބަސްވުންތައް ނިމުމަކަށް ގެންނަން ވާނެއެވެ.

 

 

(ށ) މި އުޞޫލަށް ޢަމަލު ކުރަން ފެށުމުގެ ކުރިން އެހެނިހެން ފަރާތްތަކުން ކައުންސިލާއެކު އެއްބަސްވުމެއްގެ ދަށުން ވަކި ސަރަޙައްދެއް ނުވަތަ މައިޒާނެއް ބެލެހެއްޓުމަށް ޙަވާލުކޮށް، އެއްބަސްވާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާކަމަށް ފެންނަނަމަ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ނޯޓިސް ދިނުމަށްފަހު އެއްބަސްވުންތައް އުވާލަންވާނެއެވެ.

 

ކުނިކަހާ ސާފުކޮށް، މަރާމާތުކޮށް ބަލަހައްޓާނެ ފަރާތް ހޯދުން

4.

(ހ) މި އުޞޫލުގެ ދަށުން ކޮޅުމަޑުލު ގުރައިދޫ ޕާކްތަކާއި ބީޗްތަކާއި ޢާންމު މައިޒާންތައް ސާފުކޮށް ކުނިކަހައި ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދާނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ޢާންމުކޮށް އިޢުލާންކޮށްގެންނެވެ.

 

 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުރެވޭ އިޢުލާނާއެކު މަޢުލޫމާތު ޝީޓެއް ހަދައި، އެ މަޢުލޫމާތު ޝީޓްގައި ކުރިމަތިލާ ފަރާތްތަކަށް މާކްސްދޭނެ މިންގަނޑާއި އެހެނިހެން ތަފްސީލުތައް ހިމަނަންވާނެއެވެ.

 

 

(ނ) މި އުޞޫލުގެދަށުން އިޢުލާންކުރާ ތަންތަން ސާފުކޮށް ކުނިކަހައި ބެލެހެއްޓުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

 

 

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް ސީ.އެސް.އާރު ގެ ދަށުން ޕާކްތަކާއި ބީޗްތަކާއި މައިޒާންތައް ބެލެހެއްޓުމަށް އެކި ފަރާތްތަކާއި ހަވާލުކުރުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

 

(ނ) މި އުޞޫލުގެ ދަށުން ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާއި އެފަރާތްތަކުން ބެލެހެއްޓުމަށް ހުށަހަޅާތަނެއް ހަވާލުކުރާނީ ކައުންސިލުންނެވެ.

 

 

(ށ) މި އުޞޫލުގެ ދަށުން، ސަހަރާއާއި ޕާކުތަކާއި ބީޗްތަކާއި ދަނޑުތައް އަދި އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ވަކިވަކިން އިޢުލާނު ކުރުމަށް ހުރަހެއް ނާޅައެވެ.

 

މުއްދަތު

5.

މިއުޞޫލުގެ ދަށުން ގުރައިދޫ ސަހަރާއާއި ޕާކުތަކާއި ބީޗްތަކާއި ދަނޑުތައް އަދި އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ޙަވާލުކުރެވޭނީ ގިނަވެގެން 1 (އެކެއް) އަހަރުގެ މުއްދަތަކަށެވެ.

 

އެހެނިހެން ކަންކަން

6.

(ހ) ބެލެހެއްޓުމަށް ޙަވާލުކުރެވޭ ޞަރަހައްދާއި އެ ސަރަޙައްދާއި އިންވެގެން އޮންނަ މަގުތަކުގައި ކުނިކަހައި ވިނަކޮށައި ސާފުކޮށް ބަލަހައްޓަންވާނެއެވެ.

 

 

(ށ) ޕާކްތަކާއި މައިޒާންތަކުގައި ހުންނަ ރުއްގަސް ބަލަހައްޓައި، އެ ސަރަޙައްދާއި އިންވެގެން އޮންމަ މަގުމައްޗަށް ވާގޮތަށް ހުންނަ ރުއްގަސް ކޮށައި މަގު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫނުވާނެހެން ބަލަހައްޓަންވާނެއެވެ. 

 

 

(ނ) ޑަސްބިން ބަލަހައްޓައި ކުނި ނަގައި ސާފުކުރުމަކީ އެތަނާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

 

 

(ރ) ޕާކްތަކާއި ބީޗްތަކާއި މައިޒާންތައް ބަލަހައްޓަން ހަވާލުވާ ފަރާތުން އެމަހުގައި ކުރި މަސައްކަތުގެ ތަފްސީލް ހިމެނޭ ރިޕޯޓެއް ކޮންމެ މަހަކު އެއްފަހަރު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

ނެތްކަމެއް ދިމާވުން

.8

މި އުޞޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެކަމާ މަޝްވަރާކުރުމަށްފަހު ޢަމަލުކުރަންވީގޮތް ކައުންސިލުން އެފަރާތަށް އަންގަންވާނެއެވެ.

 

މާނަކުރުން

7.

(ހ) 'ކައުންސިލް' ކަމަށް ބުނެފައިއެވަނީ ކޮޅުމަޑުލު ގުރައިދޫ ކައުންސިލަށެވެ.

 

 

(ށ) 'އިޖުތިމާޢީ ސަރަޙައްދު' ގެ ގޮތުގައި ބެލޭނެ ތަންތަން ކަނޑައަޅާނީ ކައުންސިލުންނެވެ.

 

 

 

 

 

03 އޭޕްރިލް 2023
ހޯދާ