ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން - ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

މަޤާމް:

ކައުންސިލް އޮފިސަރ (ޓްރެއިނީ)

ބޭނުންވާ ޢަދަދު:

1

މަސައްކަތު ވަގުތު

  • ރަސްމީދުވަސްދުވަހު 08:00 އިން 14:00 އަށް
  • ޕްރޮގްރާމްގެ ބައިވެރިން ބޭނުންވާނަމަ، ނުރަސްމީގަޑީގައި ކުރާ މަސައްކަތްތަކުގައިވެސް ބައިވެރިވެވިދާނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ޕްރޮގްރާމްގެ މުއްދަތު:

6 މަސް ދުވަސް ( ބައިވެރިވާ ފަރާތުން މުއްދަތު އިތުރުކުރަން ޝައުޤުވެރިވާނަމަ، ކައުންސިލުން ނިންމާގޮތެއްގެ މަތިން، މުއްދަތު އިތުރު ކޮށްދެވޭނެއެވެ. )

މުސާރަ:

-

އެލެވަންސް/ޕޮކެޓްމަނީ:

މަހަކަށް -/1500ރ ( ޙާޟިރު ނުވާ ދުވަހަކަށް -/20ރ އުނިކުރެވޭނެއެވެ. )

އެހެނިހެން އެލަވަންސް

-

މި ޕްރޮގްރާމްގެ ދަށުން ތަޖްރިބާ ހޯދައިދެވޭ ބައިތައް

( އޮފީހުގެ ސެކްޝަން/ޔުނިޓްތަކުގައި، ކަނޑައެޅޭ ތާވަލެއްގެ ދަށުން، ތަފާތު މަސައްކަތްތައް ތަޖުރިބާ ކުރަންޖެހޭނެއެވެ. އަދި ޕްރޮގްރާމް ނިމުމުންދެވޭ ތަޖްރިބާގެ ލިޔުމުގައި މިމުއްދަތުގައި ކުރަން ދަސްވި ކަންކަން ފާހަގަކޮށްދެވޭނެއެވެ. )

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނަށް ތައްޔާރުވުން.
  2. އޮފީހުގައި ހިންގޭ ކުރު ތަމްރީން ތަކުގައި ބައިވެރިވުން.
  3. އިންވެންޓަރީއާގުޅޭ މަސައްކަތްތަކާ، ނީލަމާބެހޭ މަސައްކަތްތަކުގައި ބައިވެރިވުން.
  4. ބްޖެޓް ޔުނިޓްގެ މަސައްކަތް ކުރުން.
  5. ޕްރޮކިޔޯމެންޓް މަސައްކަތްތަކާ ބިޑް ޕްރޮސެސްއާގުޅޭ މަސައްކަތްތަކުގައި ބައިވެރިވުން.
  6. އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުލަބް ޖަމްޢިއްޔާތަކާއި ޖަމާޢަތްފަދަ ތަންތަނުން ހިންގާޕްރޮގްރާމްތަކާ ގުޅިގެން އޮފީހުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
  7. ކައުންސިލް އިދާރާއިން ފޯރުކޮށްދޭ ރަށްވެހި ޚިދުމަތްތައް
  8. އޮފީހުގެ މަސައްކަތްތަކާ، އާމްދަނީއާ ޚަރަދުގެ ތަފާސްހިސާބު އެންޓަރކުރުމާ، ވެބްސައިޓްގައި ޢާންމުކުރުމާގުޅޭ މަސައްކަތްތަކުގައި އެހީތެރިވުން.
  9. އިންޓަރނަލް އޮޑިޓް އަދި މޮނިޓަރކުރުމަށް، މަޢުލޫމާތު އެއްކޮށް ރިޕޯރޓް އެކުލަވައިލުމުގައި އެހީތެރިކަންދިނުން.
  10. ތަރައްޤީގެ ޕްލޭންއާ މަސައްކަތުތާވަލު ޙާޞިލްވަމުންދާގޮތް މޮނިޓަރކުރުން.
  11. ހުށަހެޅޭ ސިޓީ، މެސެޖްފަދަ ތަކެތި ބަލައިގަތުމާއި، ޔުނިޓްގެ އެންޓްރީ ބެލެހެއްޓުން
  12. ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ތަކެތި ލިޔުން.
  13. ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  14. ކުއްލި ކަންކަމާއި، ހުރިހައި ސްޓާފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.
  15. ކައުންސިލް އިދާރާގެ އެހެން ސެކްޝަނެއް/ޔުނިޓެއްގެ މަސައްކަތްތައް ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ޖީސީއީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން.
  2. އެސްއެސްސީ 1 މާއްދާއިން ފާސްވެފައި ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު (މި ފޯމް މިއިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީތައް. ( އެޓެސްޓް ކުރުންލާޒިމެއްނޫން )
  4. ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. ( އެޓެސްޓް ކުރުންލާޒިމެއްނޫން )

ޕްރޮގްރާމަށް ފުރުޞަތުދިނުމުގައި ބެލޭނެ ކަންތައްތައް:

  1. ތަޢުލީމް (އޯ ލެވެލް)

40%

  1. ތަޢުލީމް (އިތުރު ތަޢުލީމީ ސެޓްފިކެޓް)

10%

  1. ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީންތައް

10%

  1. އިންޓަރވިއު

40%

  1. ޖުމްލަ މާރކްސް

100%

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އެޕްރީލް 2023 ގެ 13:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 16 އެޕްރީލް 2023 އާއި 27 އެޕްރީލް 2023 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މިޕްރޮގްރާމްއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 04 އަކަށްވުރެ އިތުރުވާނަމަ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، ތަޢުލީމީ ފެންވަރަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 4 ފަރާތެކެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620120 ނުވަތަ 6620117 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

03 އޭޕްރިލް 2023
ހޯދާ