މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިޔުޓީ ޑިރެކްޓަރ. އެޑްމިން އެންޑް އެޗް.އާރ އަދި ކޮމްޕެނީ ސެކްރެޓަރީ

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ޑެޕިޔުޓީ ޑިރެކްޓަރ. އެޑްމިން އެންޑް އެޗް.އާރ އަދި ކޮމްޕެނީ ސެކްރެޓަރީ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 7 ވަނަ ފަންގިފިލާ، މ. އައިރިސް، ފަރީދީ ގޯޅި، ކ. މާލެ

މުސާރަ:

ދެ ފަރާތުން އެއްބަސްވެވޭ ގޮތަށް

މަޤާމުގެ ޝަރުޠު:

  1. މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައި ވުމާއެކު، މަދުވެގެން 2  އަހަރުގެ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މެނޭޖްމެންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަންޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު،  މަދުވެގެން 5  އަހަރުގެ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން.
  3. ސީއެމްޑީއޭއިން ކުރިއަށް ގެންދާ ކޮމްޕެނީ ސެކްރެޓަރީ ޓްރެއިނިންގ ހައްދަވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭނެއެވެ.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކޯޕަރޭޝަންގެ އެޑްމިން އަދި ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ކޯޕަރޭޝަނަށް މީހުން ރެކްރޫޓްކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  3. މުވައްޒަފުންނާއި ވެރިންނަށް ބޭނުންވާނެ ޓްރެއިނިންގ ފާހަގަކޮށް އިސްވެރިޔާއަށް މަޢުލޫމާތު ދިނުން.
  4. މުވައްޒަފުންނާ ބެހޭ ގަވާއިދުތަކާއި، އުސޫލުތަކަށް ތަނުގެ މުވައްޒަފުން އަހުލުވެރިކުރުވައި، އުސޫލުތައް ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. މުވައްޒަފުން ކޯޕަރޭޝަންގެ މަސައްކަތްތަކަށް އަހުލުވެރިކުރުމާއި، އަލަށް މަސައްކަތްތަކަށް ނުކުންނަ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވުމަށް ބޭނުންވާ އިންޑަކްޝަން / އޮރިއެންޓޭޝަން ޕްރޮގްރާމްތައް އެކުލަވައިލައި ކުރިއަށް ގެންދިއުން.
  6. މަޤާމުތައް އުފެއްދުމާއި އުވާލުމާއި ބަދަލު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  7. ކުންފުނީގެ ޓްރެއިނިން ނީޑް އެނަރލިސިސް ހެދުމާއި ޓްރޭނިންގ ރިކުއަރމަންޓް އެކުލަވާލުން.
  8. ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަގެ ލަފާގެ ދަށުން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކުގެ އެންމެހައި އިންތިޒާމްތައް ބެލެހެއްޓުން.
  9. ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކެއްގެ އެޖެންޑާ ތައްޔާރުކުރުމާއި އެޖެންޑާއާއެކު ބޯޑުގެ މެންބަރުންނަށް ބައްދަލުވުމާއި ގުޅޭ މަޢުލޫމާތު ފޮނުވައި، ބައްދަލުވުން ހަމަޖެއްސުން.

10. ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކަށް އެޖެންޑާކުރާ ކަންކަމާއި ގުޅޭގޮތުން ފުރިހަމަ މަޢުލޫމާތު އެކުލެވޭގޮތަށް ކަރުދާސް އެކުލަވާލުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
  5. މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  6. ޕޮލިސް ރިޕޯޓް

ސުންގަޑި:

މަތީގައި ދެންނެވުނު ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު، 10 އޭޕްރިލް 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާށެވެ.

03 އޭޕްރިލް 2023
ހޯދާ